ގޭމް ކުޅޭ މީހުންނަށް ސެމްސަންގުން ދުނިޔޭގެ ފުރަތަމަ ފޯކޭ ސްކްރީން

ކޮމްޕިއުޓަރު އަދި ޓީވީ ސްކްރީން އުފެއްދުމުގައި ދުނިޔޭގެ އެންމެ ކުރީގައި އުޅޭ ސެމްސަންގް ޑިސްޕްލޭ އިން ވަނީ، ކުއަންޓަމް ޑޮޓް އޯލެޑް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފެއްދި ދުނިޔޭގެ ފުރަތަމަ ފޯކޭ ރިޒޮލިއުޝަންގެ ސްކްރީން ރަސްމީކޮށް ދައްކާލާފައެވެ.

މި އައު ޑިސްޕްލޭއާ ބެހޭީ:

  • ސެމްސަންގުން މި ފަހަރު ދައްކާލާފައިވަނީ 31.5 އިންޗީގެ މޮނިޓަރު ސްކްރީނެކެވެ. މިއީ ގޭމް ކުޅޭ މީހުންނަށާއި ޕްރޮފެޝަނަލް ވީޑިއޯ އެޑިޓަރުންނަށް ޚާއްޞަކޮށްގެން އުފައްދާފައިވާ ސްކްރީނެކެވެ.

  • މި ސްކްރީންގެ ސެންޓިމީޓަރަކަށް ނުވަތަ އިންޗިއަކަށް އެކުލެވޭ ޕިކްސެލްގެ ނިސްބަތް ހުރީ 140 ޕީޕީއައި ގައެވެ. މިއީ މިހާތަނަށް ބާޒާރުގައި ހުރި 65 އިންޗީގެ 8ކޭ ޓީވީއަކާ އެއްވަރުގެ ސާފުކަމެކެވެ.

  • މި ސްކްރީނަކީ 240 ހާރާރޑްޒް ގެ ރިފްރެޝް ރޭޓެއް އެކުލެވޭ ސްކްރީނެކެވެ. މީގެ ސަބަބުން ގޭމްތައް ކުޅޭއިރު އެއްވެސް ކަނޑައިގެންދިއުމެއް ނެތި، ވަރަށް އޮމާންކޮށް މަންޒަރުތައް ދައްކުވައިދޭނެއެވެ.

ކިއުޑީ-އޯލެޑް އަކީ ސެމްސަންގުން އުފައްދާފައިވާ ޚާއްޞަ ޓެކްނޮލޮޖީއެކެވެ. އާދައިގެ އޯލެޑް ސްކްރީންތަކާ ޚިލާފަށް، މީގައި ބޭނުންކުރަނީ ކުއަންޓަމް ޑޮޓްސް އެވެ. މީގެ ސަބަބުން ކުލަތައް މާ ބޮޑަށް ސާފުވެފައި، އަލިގަދަކަން މާ މަތިވާނެއެވެ. އަދި އެންެމ އަނދިރި ކަޅުކުލަ އެންމެ ފުރިހަމައަށް ދައްކާލަދޭނެއެވެ.

ސެމްސަންގް ޑިސްޕްލޭއިން ބުނާގޮތުގައި، މި އައު 31.5 އިންޗީގެ 4ކޭ ސްކްރީން އުފައްދަން ފެށުމާއެކު، މޮނިޓަރު ބާޒާރުގައި ބޮޑު އިންގިލާބެއް އަންނާނެއެވެ. މި ސްކްރީންތައް ގިނަ ޢަދަދަކަށް އުފައްދަން ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހކޮޅުގައެވެ.

ހިއްސާ ކުރައްވާ!