ރެޑް ސީގައި ސައުދީން ބިނާކުރި ޕްރައިވެޓް އައިލެންޑް: "ޘުވަލް ރީޓްރީޓް" އާއެކު ފަތުރުވެރިކަން އައު މަރުޙަލާއަކަށް

ސައުދީ ޢަރަބިއްޔާގެ އިޤްޠިޞާދު ތެލަށް ބަރޯސާވުން ކުޑަކޮށް، ޤައުމުގެ ފަތުރުވެރިކަން ބަދަލުކޮށްލުމަށް ފަށާފައިވާ ބިޔަ މަޝްރޫޢުތަކުގެ ތެރެއިން، ރެޑް ސީ ގެ ސަރަހައްދުގައި މުޅިން އައު ޕްރައިވެޓް ޖަޒީރާއެއް ސައުދީން ހިއްކައިގެްނ ރިސޯޓެއް ހަދައިފިއެވެ.

ޖިއްދާގެ އުތުރުން ފެންނަން އޮތް އަލަށް ހުޅުވި "ޘުވަލް ޕްރައިވެޓް ރީޓްރީޓް" އާއެކު، ސައުދީން މިވަނީ އެޤައުމުގެ ފުރަތަމަ، ޕްރައިވެޓް ޖަޒީރާ ރިސޯޓ ްހުޅުވާފައެވެ. މިއީ މުޅި ރަށް އެއްކޮށް ކުއްޔަށް ހިފޭ މަތީ ފެންވަރުގެ އެކްސްކްލޫސިވް މަންޒިލެއް ކަމަށް އިޝްތިހާރު ކޮށްފައިވާ ރިސޯޓެެވެ.

މިއީ ސައުދީގެ "ވިޜަން 2030″ ގެ ދަށުން، ދުނިޔޭގެ އެންމެ މުއްސަނދި އަދި އެކަހެރިކަމާއި ޕްރައިވެސީ ބޭނުންވާ ފަތުރުވެރިން ޝައުޤުވެރިކުރުވުމަށް އެޤައުމުން ހިފާފައިވާ ސްޓްރެޓީޖިކް މިސްރާބުގ ބައެކެވެ. މުޅި ރަށް އެއްކޮށް ކުއްޔަށް ނަގައިގެން، ރަށުގެ ހުރިހާ ވަޞީލަތްތަކެއް އަމިއްލަ ޚާއްސަ ކުރުމުގެ ފުރުޞަތު މިއިން ލިބިގެންދެއެވެ.

މި ރަށް ގުޅިފައިވަނީ ސައުދީގެ ސައިންސާއި ކުރިއެރުމުގެ މަރުކަޒު ކަމަށްވާ "ކިންގް ޢަބްދުﷲ ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ" އާއެވެ. ޖިއްދާއަށް އަންނަ މެހެމާނުން ކައުސްޓް މެރީނާއިން ޚާއްޞަ ޕްރައިވެޓް ޔޮޓެއްގައި މި ރަށަށް ގެންދެވޭނެއެވެ.

މި ރަށަށް ޒިޔާރަތްކުރާ މީހުންނަށް އެ ޔުނިވަރސިޓީގެ މެރިން ސައިންސްވެރިންނާއެކު ކަނޑު ފީނައި ރެޑް ސީގެ މުރަކަތައް ޙިމާޔަތްކުރުމަށް ހިންގާ ބައިނަލްއަޤްވާމީ ޢިލްމީ މަޝްރޫޢުތަކުގައި ޢަމަލީގޮތުން ބައިވެރިވުމުގެ ފުރުޞަތު ލިބެއެވެ. މިއީ އީކޯ-ޓޫރިޒަމާއި ހައި-އެންޑް ލަގްޒަރީ އެއްކޮށްލުމަށް ބޭނުންކުރި އައު އުކުޅެކެވެ.

މި ޖަޒީރާއަކީ ގިނަ އަދަދެއްގެ މީހުން އެއްވާ ތަންތަނާ ދުރަށް ވިސްނާފައިވާ ތަނެކެވެ. ރަށުގައި އެއްފަހަރާ ތިބެވޭނީ އެންމެ 12 މީހުންނާއި 3 ކުޑަކުދިންނަށެވެ.

  • ބިނާވެށި: ރަށުގެ މައިގަނޑު ބިނާއަކީ 3 ކޮޓަރީގެ ބޮޑެތި ބީޗްފްރަންޓް ވިލާއެކެވެ. މީގެ އިތުރުން ވަކިން ހުންނަ 1 ކޮޓަރީގެ 3 ބީޗް ޕެވިލިއަން ވެސް ހުރެއެވެ. ކޮންމެ ތަނަކުންވެސް ސީދާ ރެޑް ސީގެ ހުދު ދޮންވެލި ބީޗަށް ނިކުމެވެއެވެ.
  • ގެސްޓްރޮނޮމީ: ރިސޯޓު ހިންގަނީ "އޯލް އިންކްލޫސިވް" އުޞޫލުންނެވެ. މެހެމާނުން ބޭނުންވާ ކޮންމެ ވަގުތަކު، ޕްރައިވެޓް ޝެފުން ބޭނުން ކޮންމެ ތަނަކަށް ކެއުން ތައްޔާރުކޮށްދެއެވެ.

ރިސޯޓްގެ ފަރުމާގައި އަރަބިންގެ ސަގާފަތް ރަމްޒުކޮށްދޭ މޫދު މަގީގައި ހަދާފައިވާ "ދީވާނިއްޔާ" އެއް ހުރެއެވެ. މިއީ ޒަމާނުއްސުރެ ޢަރަބިން ވާހަކަދައްކާލައި، މަޖިލިސްކުރަން ބޭނުންކުރާ ތަންތަނުގެ ޒަމާނީ ލަގްޒަރީ ބަދަލެކެވެ. މީގެ އިތުރުން ރެޑް ސީއަށް ކުރިމަތި ލައިގެން ތިބެވޭ ފިޓްނަސް ސެންޓަރަކާއި ސްޕާ ޕެވިލިއަނެއް ވެސް ރަށުގައި ހުރެއެވެ.

ރޭގަނޑު ވެގެންދާއިރު، މި ޖަޒީރާ ބަދަލުވަނީ ހަމޭކަނި އަރާމުކުރާ ތަނަކަށް ނޫނެވެ. ބީޗުގައި ހުޅުވާލެވޭ އައުޓްޑޯ ސިނަމާތަކާއި، އުޑުމަތީގެ ތަރިތައް ދެނެގަންނަން ބާއްވާ އެސްޓްރޮނޮމީ ސެޝަންތަކާއި، އަދި ބީޗު މަތީގައި ޖަހާފައިވާ އަލިފާންގަނޑު ކައިރީގައި ހޭދަކުރާ ވަގުތުތަކުން މިއީ މުނިފޫހިފިލުވުމުގެވެސް މަތީ ފެންވަރުގެ މަރުކަޒެކެވެ.

ހިއްސާ ކުރައްވާ!