ވ. އަތޮޅުގައި ކުރިއަށް ގެންދިޔަ ހާއްސަ ޑައިވިންގ އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންނާއި ސިފައިންގެ މަސައްކަތްތަކުގެ އަގު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒަންކުރައްވައިފިއެވެ. މި އޮޕަރޭޝަންގައި ބައިވެރިވި ސަލާމަތީ ބާރުތަކުގެ މަސައްކަތް ފާހަގަކުރުމަށް ބަންޑާރަކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ހަނދާނީ ލިޔުންތައް ހަވާލުކުރެވުނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާނާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް ހަސަން ރަޝީދެވެ. މީގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ފުލުހުންނާއި ސިފައިންގެ އިސް އޮފިސަރުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޑައިވިންގ އޮޕަރޭޝަން ހިންގަން ޖެހުނީ ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑު އަޑީގެ ހޮހަޅައެއްގައި ހިނގި ހިތާމަވެރި ހާދިސާއަކާ ގުޅިގެންނެވެ. އެ ހާދިސާގައި އިޓަލީގެ ފަސް ޑައިވަރަކު ވަނީ ދުނިޔެ ދޫކޮށްފައެވެ. އޭގެ ތެރޭގައި ޖެނޯއާ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލް، ރިސާޗަރ މުރިއެލް އޮޑެނީނޯ، ފެޑެރީކޯ ގުއަލްޓިއޭރީ އަދި "ޑިއުކް އޮފް ޔޯކް" ސަފާރީގެ އިންސްޓްރަކްޓަރު ޖިއާންލޫކާ ބެނެޑެޓީ ހިމެނެއެވެ.
މި ގެއްލުނު ފަރާތްތައް ހޯދުމަށް ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދިޔަ ނުރައްކާތެރި މި އޮޕަރޭޝަންގެ ތެރެއިން، ސިފައިންގެ ބޭކަލަކު ވެސް ވަނީ ގައުމީ ޚިދުމަތުގައި ހުއްޓާ ނިޔާވެފައެވެ.
މަހުދީ ނިޔާވުމަކީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ފުން ހިތާމައެއް: ރައީސް
ޓެކްނިކަލް ޑައިވިންއާ ގުޅޭ ގާނޫނެއް ހެދުމުގެ މަޝްވަރާތައް ސަރުކާރުން ފަށައިފި
ވ. އަތޮޅުގައި ގެއްލުނު އިޓަލީގެ 4 ޑައިވަރުންގެ ހަށިގަނޑު ހޮހޮޅައިގެ ތެރެއިން ފެނިއްޖެ
ޑައިވިންގ ހާދިސާއާ ގުޅިގެން ސަފާރީގެ ލައިސަންސް ހިފަހައްޓައިފި، ރައީސް އޮޕަރޭޝަން ބައްލަވާލައްވައިފި

