އެމްޑީޕީގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހު

އިދިކޮޅު އެމްޑީޕީގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް އެ ޕާޓީން ތައްޔާރުވަމުން އަންނަ ކަމަށް، ޕާޓީގެ އާ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު މިއަދު ވިދާޅުވީ، ޕާޓީގެ އަމާޒަކީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކޮންގްރެސް ބޭއްވުން ކަމަށާއި އެކަމަށް ބޭނުންވާ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. ނަމަވެސް، ކޮންގްރެސް ބާއްވާނެ ވަކި ތާރީޚެއް އެމަނިކުފާނު ހާމައެއް ނުކުރައްވައެވެ.

އެމްޑީޕީން އެންމެ ފަހުން ކޮންގްރެސްއެއް ބާއްވާފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

ސިޔާސީ މަސްރަހަށް ބަލާއިރު، ވެރިކަން ކުރާ ޕީއެންސީން އަންނަނީ އެ ޕާޓީގެ ދާއިރާތަކުގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ތައްޔާރުވަމުންނެވެ. އަދި ޕީއެންސީގެ ކޮންގްރެސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު 15 އިން 18 އަށެވެ.

ހިއްސާ ކުރައްވާ!