އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އެމެރިކާއިން ހެދި އެއްބަސްވުން ބާތިލުވެއްޖެ ކަމަށް އީރާނުން ބުނެފި

އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ، އެމެރިކާއިން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ވެފައިވާ 'ފަހުމުނާމާ އޭގެ އަސްލު މަގުސަދުން ކަސިޔާރުވެ، ބާރުނެތިގެން ގޮސްފައިވާ ކަމަށެވެ. އެމެރިކާއިން އީރާނަށް ހަމަލަ ދިނީ އެފަދަ ކަމެއް ކުރާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެމުން ދިޔަތާ އެތައް ދުވަހެއް ކޮށްފައެވެ.

އީރާންގެ ޚާރިޖީ ވުޒާރާ:

  • އެއްބަސްވުންތަކަށް ހުރުމަތްތެރިކޮށް ނުހިތުން: އެމެރިކާއިން ދެމުންގެންދާ ހަމަލާތަކަކީ އަސްކަރީ ހަރަކާތްތައް ހުއްޓާލުމަށް އެއްބަސްވެފައިވާ މާއްދާތަކާ ސީދާ ޚިލާފު ކަމެކެވެ.
  • ޒިންމާ ނަގަންޖެހޭނީ އެމެރިކާ: މިހާރު މި ހިނގާ ނުރައްކާތެރި ހަމަނުޖެހުންތަކުގެ ހުރިހާ ޒިންމާއެއް އެމެރިކާއިން އުފުލަން ޖެހޭނެއެވެ.
  • ތެޔޮ ވިއްކުމުގެ ހުއްދަ: އެމެރިކާއިން އީރާނުގެ ތެޔޮ ވިއްކުމުގެ ހުއްދަ ބާތިލުކުރުމަކީ އެއްބަސްވުމުގެ ބައިތައް މުގުރާލުން ކަމަށް އީރާނުން ސިފަކުރެއެވެ.
  • ހުރުމުޒު ކަނޑުއޮޅި: ހުރުމުޒު ކަނޑުއޮޅީގައި އޮތް ތަރުތީބުތަކާ ޚިލާފުވުމާއި، ލުބްނާނަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އެއްބަސްވުންތަކުގެ ބޭނުން ކެނޑިއްޖެއެވެ.
  • އިންޒާރު: އީރާނުގެ ބިމަށް ދެމުންގެންދާ ހަމަލާތަކުގެ މަސްދަރުތަކަށް، (އެބަހީ އަރަބިންނަށް) އެ ގައުމުގެ ސިފައިން ރައްދު ދޭނެ ކަމަށް ވަނީ އިންޒާރު ދީފައެވެ.
  • ސިފައިންގެ މަރުކަޒުތަކަށް ހަމަލާ: ފަތިހުގެ ވަގުތު އެމެރިކާގެ ސިފައިން އީރާނުގެ ދެކުނުގެ އައްސޭރިފަށުގައި ހުރި ރާޑަރުތަކާއި މޮނިޓަރިން ސެންޓަރުތަކަށް ހަމަލާ ދީފައިވެއެވެ.
  • ގައުމުތަކަށް ގޮވާލުން: އީރާނާ ދެކޮޅަށް ހަމަލާތައް ދިނުމަށް އެއްވެސް ގައުމަކުން އެ ގައުމުގެ ބިން ބޭނުންކުރަން އުޅޭ ފަރާތްތަކަށް ބޭނުންކުރަން ފުރުސަތު ނުދިނުމަށް އީރާނުން ވަނީ ގޮވާލާފައެވެ.

އީރާނުގެ ސިފައިންގެ އިންޒާރު:

އީރާނުގެ ސިފައިން ބުނެފައިވަނީ، ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ އެމެރިކާއިން ތަކުރާރުކޮށް ޚިލާފުވަމުންދާ ކަމަށެވެ. އަދި މިކަމުގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށާއި، އެ ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކަކީ އީރާނުގެ ޑްރޯންތަކުން އަމާޒުކުރެވޭނެ "ގާނޫނީ ޓާގެޓްތައް" ކަމަށް ވެސް އެ ގައުމުގެ ސިފައިންއިން ވަނީ ނިންމާފައެވެ.

ހިއްސާ ކުރައްވާ!