މުޖްތަބާ ޚާމަނައީ ބަައްޕާގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކުގެ ހަގީގަތަކީ ކޮބާ؟

ޔޫޓިއުބް އަދި ޓިކްޓޮކް ފަދަ މީޑިއާތަކުގައި މިލިއަނުން މީހުން ބަލާފައިވާ ވީޑިއޯތަކަކުން ފެންނަނީ، އީރާނުގެ އާ ލީޑަރު މުޖްތަބާ ޚާމަނައީ، އޭނާގެ ބައްޕާ އާޔަތުﷲ އަލީ ޚާމަނައީގެ ޖަނާޒާގެ ރަސްމިއްޔާތުގައި ފާޅުގައި ބައިވެރިވެވަޑައިގަންނަވާ މަންޒަރު ކަމަށް ބުނާ ވީޑިއޯއެކެވެ.

ހަގީގަތް: އޮޅުވާލުމެއް 

"އޯޕަން ސޯސް އިންޓެލިޖެންސް" އިން މި ވީޑިއޯތައް ދިރާސާކޮށް ހާމަކޮށްފައިވާ ގޮތުގައި، މުޖްތަބާ ޚާމަނައީ ޖަނާޒާގައި ބައިވެރިވެވަޑައިގަތް ކަމަށް ބުނެ ދައުރުކުރާ ވީޑިއޯތަކަކީ ކަނޑައެޅިގެން އޮޅުވާލުމެކެވެ. ރަސްމީކޮށް ނުވަތަ ސިއްރުން ވިޔަސް، އޭނާ އެ ރަސްމިއްޔާތުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަތް ކަމުގެ އެއްވެސް އަސްލ ހެއްކެއް މިހާތަނަށް ފެންނާކަށް ނެތެވެ.

  • ވީޑިއޯއިން ފެންނަ އަސްލު މީހާ: ވީޑިއޯއިން އެ ފެންނަނީ މުޖްތަބާ ޚާމަނައީއާ ސިފައިގައި ހުރި އެހެން ފޮޓޯގްރާފަރެކެވެ.

  • ވީޑިއޯ ފެތުރުނު ގޮތް: މި ވީޑިއޯ އެންމެ ފުރަތަމަ އިންސްޓަގްރާމް އެކައުންޓަކުން ޕޯސްޓްކުރުމުންނެވެ. އެއާއެކު 7 މިލިއަނަށްވުރެ ގިނަ ވިއުސް ލިބުނެވެ. އެއަށްފަހު، އެކި ފަރާތްތަކުން އެ ވީޑިއޯ ނަގައި، އެއީ މުޖްތަބާ ޚާމަނައީ ސިއްރުން ބައިވެރިވެވަޑައިގަތީ ކަމަށް ބުނެ ވާހަކަ ފަތުރަން ފެށީއެވެ.

  • އިރާނުގެ ރަސްމީ މީޑިއާއިން ދެއްކި ގޮތުގައި، އަވަހާރަވި ލީޑަރުގެ އަނެއް ތިން ބޭފުޅުން ކަމަށްވާ މުޞްޠަފާ، މައިޘަމް އަދި މަސްޢޫދު ޖަނާޒާގެ ކުރީ ސަފުގައި ތިއްބެވިއެވެ. ނަމަވެސް، މުޖްތަބާ އެއްގޮތަކަށްވެސް ފެނިފައެއް ނުވެއެވެ. ސިޔާސީ މުހައްލިލުން ބުނާ ގޮތުގައި، ވޭތުވެދިޔަ މާރިޗު މަހު އީރާނުގެ އާ ލީޑަރުގެ ގޮތުގައި މުޖްތަބާ ހަމަޖެއްސި ފަހުން އޭނާ އާންމުންގެ ތެރެއަށް ނު ނިކުންނަވަނީ، ސަރަހައްދީ ނުތަނަވަސްކަމާއި އޭނާގެ ފުރާނައަށް އޮތް ނުރައްކާތަކާ ހުރެ، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުންނެވެ.

ހިއްސާ ކުރައްވާ!