ޗައިނާ ޓިބެޓްގައި އައު ނިޒާމެއް ގާއިމްކޮށްފި

1950 ވަނަ އަހަރު ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ޓިބެޓަށް އެރީ އެ ސަރަހައްދު "މިނިވަންކުރުމުގެ" ނަމުގައި ކަމަށް ބުނެއެވެ. ނަމަވެސް، މިއަދު ޓިބެޓަކީ ޗައިނާގެ ސަރަހައްދުގެ ބައެކެވެ. އަދި ޗައިނާއިން އެ ސަރަހައްދުގައި ފުރިހަމަ ސިޔާސީ ނިޒާމެއް އެކުލަވާލުމަށް ނުވަތަ އާންމުންގެ ރުހުން ހޯދުމުގައި މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

ޓިބެޓްގެ މައްސަލައަކީ ދަލާއިލާމާއާއި އޭނާއަށް ތަބާވާ މީހުން މިއަދާ ހަމައަށްވެސް ނަގަހައްޓާ ވާހަކަ ދައްކާ މައްސަލައެކެވެ. ޓިބެތުގެ ރޫހާނީ ލީޑަރު ދަލައި ލާމާގެ އާއިލީ ފަރާތެއް ކަމަށްވާ ރިސަރޗަރެއް ކަމަށްވާ ތޮންޑަޕް ފާހަގަކުރައްވާ ގޮތުގައި، ޗައިނާގެ ވެރިކަމުގެ ސަބަބުން މިއަދާ ހަމައަށް މިލިއަނަކަށްވުރެ ގިނަ ޓިބެތު ރައްޔިތުން ވަނީ ދެކޮޅު ހެދުމާއި އެހެނިހން ގޮތްގޮތުން ފުރާނަ ގެއްލިފައެވެ.

އޭނާގެ ތަހުލީލުގައި ބުނެފައިވާ ގޮތުން، 1951 ގެ "17 ނުކުތާގެ އެއްބަސްވުން" ޗައިނާއިން ވަނީ އުވާލާފައެވެ. އަދި ޓިބެތުގެ އަމިއްލަ ސަގާފަތާއި ދީނީ ޝަޚުސިއްޔަތު ވިއްސިވިހާލި ކޯށްލުމަށް އަސްކަރީ ބާރު ބޭނުންކުރިއެވެ.

1959 ގައި ޓިބެޓްގެ އާންމުންގެ އުތުރިއެރުމާ ގުޅިގެން ދަލައި ލާމާ އިންޑިއާއަށް ސިޔާސީ ހިމާޔަތަށް އަރުވާލެވުނެވެ. އެއަށްފަހު ބެއިޖިންގއިން ވަނީ ޓިބެތުގެ ހާއްސަ މޮނާސްޓްރީތައް ޗައިނާގެ ނުފުޒުގެ ދަށަށް ގެންގޮސްފައެވެ. އެމީހުންގެ ގަދީމީ ފޮތްތައް އަތުލާފައެވެ. އަދި ޓިބެތު މީހުންގެ ބަސް އުވާލުމަށް މަސައްކަތްކޮށްފައިވާ ކަމަށްވެސް ތޮންޑަޕް ގެ ރިސާޗްގައި ބުނެފައި ވެއެވެ. އޭނާ ބުނެފައިވާ ގޮތުގައި ޓިބެޓްގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ސަގާފަތާއި ބަސް ދިރުވަނީ، އެކި ގައުމުތަކުގައި އަރުވާލެވިގެން އުޅޭ ޓިބެޓްގެ ރައްޔިތުންނެވެ. އަދި އެމީހުން ވަނީ އެމީހުންގެ ހައްގުގައި އަޑުއުފުލައި ޓިބެޓްގެ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް ގެނެސްފައެވެ.

ޗައިނާއިން ވަނީ ޓިބެޓާއި ޗައިނާގެ މައި ފަސްގަނޑާއި ހައިސްޕީޑް ރޭލުން ގުޅުވާލާފައެވެ. އަދި ޓިބެޓަކީ އުފާވެރި، ތަރައްގީވެފައިވާ ސަރަހައްދެއްގެ ގޮތުގައި ދެއްކުމަށް ޗައިނާއިން މުހިންމު މަސައްކަތްތައް ކުރަމުން ގެންދެއެވެ. ނަމަވެސް، ބޭރުގައި ދިރިއުޅޭ ޓިބެޓްގެ މީހުން ބުނާ ގޮތުގައި އެއީ، މިހާރު ދުނިޔޭގައި އޮތް އެންމެ ބޮޑަށް ސިޔާސީ ފާރަ ލުމާއި ނުތަނަވަސްކަން އުފެދިފައިވާ "ސަވައިލަންސް ސްޓޭޓް" ކަމެވެ.

ޓިބެޓްގެ މީހުންގެ ރޫހާނީ ލީޑަރު ދަލައި ލާމާގެ ފޮޓޯ އަކީ މަނާ ކޮށްފައިވާ އެއްޗެކެވެ. އަދި ޗައިނާއިން ވަނީ ފުރިހަމަ ކޮންޓްރޯލް ނަގާފައެވެ.

ހިއްސާ ކުރައްވާ!