ޗައިނާއިން ޔުނިވަސިޓީތައް އިގްތިސާދުގެ މައި ތަނބަށް ހަދައިފި

ސައިންޓިފިކް ރިސާޗަށް 550 ބިލިއަން ޑޮލަރު ޗައިނާ އިން ހޭދަ ކުރެއެވެ. "ނޭޗަރ އިންޑެކްސް" ރޭންކިންގ 2014 ވަނަ އަހަރު ތައާރަފުކުރި ފަހުން ފުރަތަމަ ފަހަރަށް، އެމެރިކާގެ ހާވާޑް ޔުނިވަސިޓީ ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ އެންމެ މަތީ ރޭންކިންގގެ އެއްވަނަ ޗައިނާގެ ޒިޖިއަންގް ޔުނިވަސިޓީން ހޯދައިފިއެވެ.

މިއީ ޗައިނާގެ އިގްތިސާދީ އަދި ސައިންޓިފިކް ސްޓްރެޓެޖީގައި މަތީ ތައުލީމީ މުއައްސަސާތައް އަދާކުރާ މުހިންމު ދައުރު ހާމަކޮށްދޭ ތާރީހީ ބަދަލެކެވެ.

ހާވާޑް ޔުނިވަސިޓީ މި ރޭންކިންގގެ އެއްވަނައިން ފިލައިގެން ގޮސްފައިވާ މިއީ ފުރަތަމަ ފަހަރެވެ.

މީގެއިތުރުން، ދުނިޔޭގެ އެންމެ މޮޅު 10 ޔުނިވަސިޓީގެ ތެރެއިން 9 މަގާމު އަދި ގަދަ 20 ޔުނިވަސިޓީގެ ތެރެއިން 17 މަގާމު މިހާރު ހިއްސާކުރަނީ ޗައިނާގެ އިލްމީ މުއައްސަސާތަކުންނެވެ.

މި ބަދަލަކީ ސައިންޓިފިކް ރިސާޗާއި އީޖާދުތަކަށް ޗައިނާ ސަރުކާރުން އަހަރަކު 550 ބިލިއަން ޑޮލަރަށްވުރެ ގިނަ އިންވެސްޓްމަންޓް ކުރަމުންދިއުމުގެ ސަބަބުން އައި ބަދަލެކެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވަނީ އެގައުމުގެ މަތީ ތައުލީމީ މުއައްސަސާތަކުގެ 130 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، ޔުނިވަސިޓީތަކުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ހާއްސަ މެސެޖެއް ފޮނުއްވާފައެވެ. އެ މެސެޖުގައި ޝީ ފާހަގަކުރެއްވި ގޮތުގައި، ގައުމީ އީޖާދީ ގާބިލުކަން އިތުރުކުރުމަށާއި، ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގެ ކުރިއެރުން ހޯދުމަށްޓަކައި ޔުނިވަސިޓީތަކަކީ ގައުމީ އިގްތިސާދު ކުރިއަރުވާ މައިގަނޑު އިންޖީނު ކަމުގައި ހަމަޖައްސަންޖެހެއެވެ.

ޗައިނާގެ މި އިންގިލާބީ ފިޔަވަޅާއެކު ހުޅަނގުގެ ގައުމުތަކަށް ސައިންސާއި އީޖާދީ ދާއިރާއިން ބޮޑު ގޮންޖެހުމެއް ވަނީ ކުރިމަތިވެފައެވެ.

ހިއްސާ ކުރައްވާ!