އިންޑިއާގެ ރިޔާނެގި ނޭވަލް ސެއިލް ޓްރޭނިންގ ޝިޕް 'އައިއެންއެސް ސުދަރްޝިނީ' ބޮސްޓަނަށް ދަތުރުކޮށްފި އެވެ. މި އުޅަނދު މި ހިސާބަށް އައީ ނިއު ޔޯކުގައި ބޭއްވި 'ސެއިލް4ތް 250′ ސެލެބްރޭޝަންތަކުގައި ކާމިޔާބުކަމާއެކު ބައިވެރިވުމަށްފަހު އެވެ.
މި އުޅަނދު ވަނީ 'ސެއިލް ބޮސްޓަން 2026′ ފެށުމުގެ ގޮތުން ބޭއްވި ގްރޭންޑް ޕެރޭޑް އޮފް ސެއިލްސްގައި ބައިވެރިވެފަ އެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ރިޔާނެގި 'ޓޯލް ޝިޕްސް' އެއްވުންތަކުގެ ތެރެއިން އެއް އެއްވުމެވެ. ބޮސްޓަންގައި ހުންނަވާ އިންޑިއާގެ ކޮންސުލް ޖެނެރަލް މި ޕެރޭޑުގައި އައިއެންއެސް ސުދަރްޝިނީއަށް އަރާވަޑައިގެންނެވި އެވެ. އިންޑިއާގެ ދިދަ ވިހުރުވަމުން މި އުޅަނދު ވަނީ ކާސްޓަލް އައިލެންޑާއި ސީޕޯޓް ޑިސްޓްރިކްޓް ފަދަ މަޝްހޫރު ސަރަހައްދުތައް ހުރަސްކޮށް، ބޮސްޓަން ފިޝް ޕިއާގައި ބަނދަރުކޮށްފަ އެވެ.
މި އުޅަނދު އިންޑިއާ ތަމްސީލުކުރަމުން ދަނީ 'ލޯކާޔަން 2026′ ކަނޑުދަތުރުގެ ތެރެއިންނެވެ. 20 އަށް ވުރެ ގިނަ ގައުމުން ބައިވެރިވި 60 އަށް ވުރެ ގިނަ އުޅަނދުގެ ތެރޭގައި ހިމެނޭ އައިއެންއެސް ސުދަރްޝިނީ ބޮސްޓަނުގައި 15 ޖުލައި 2026 ގެ ނިޔަލަށް އާންމުންނަށް ޒިޔާރަތް ކުރުން އިޮތެވެ.
ބޮސްޓަންގެ ކަނޑުގެ ސަރަހައްދުގައި އިންޑިއާގެ ދިދަ ވިހުރުވަމުން ދިޔަ މި މަންޒަރަކީ، އިންޑިއާ އާއި އެމެރިކާއާ ދެމެދު އޮތް ސްޓްރެޓެޖިކް ގުޅުން ދުނިޔޭގެ މައިދާނުގައި ދައްކުވައިދޭ ހެއްކެކެވެ. މީގެ ކުރިން ނޯފޯކް، ބަލްޓިމޯ، އަދި ނިއު ޔޯކަށް ކުރި މި ދަތުރުތަކުން ސާބިތުކޮށްދެނީ އިންޑިއާގެ ކަނޑުގެ ސިފައިންގެ ގާބިލުކަމާއި، ބައިނަލްއަގްވާމީ ގުޅުންތައް ބަދަހިކުރުމަށް އިންޑިއާ އިން ދޭ އަހައްމިއްޔަތެވެ.






