ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ބުރުކީނާ ފާސޯގެ ވެރިރަށް އުއާގަދޫގޫގެ އިރުއުތުރުން 35 ކިލޯމީޓަރު ބޭރުގައި، "އުއާގަދޫގޫ ޑޮންސިން އިންޓަނޭޝަނަލް އެއާޕޯޓް" ގެ ނަމުގައި އައު އެއާޕޯޓެއް ބިނާކުރުމުގެ ބިޔަ މަޝްރޫއެއް ފަށައިފިއެވެ. މިއީ އެ ގައުމުގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އިންފްރާސްޓްރަކްޗާ މަޝްރޫއެވެ.
އިންގިލާބުގައި ޖެނަރަލް އިބްރާހިމް ތަރާއުރީ ގެ ވެރިކަމުގައި ހުޅަނގުގެ އިގްތިސާދީ އަޅުދާސްކަމުން ގައުމު މިނިވަންކޮށް ފަރަންސޭސީން ފާއްސާލައި އިގްތިސާދީ ތަރައްގީގެ އައު ޒަމާނެއް ވަނީ ފެށިފަ އެވެ.
ޖުމްލަ 220 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 238 މިލިއަން އެމެރިކާ ޑޮލަރު) ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއަކީ 4،400 ހެކްޓަރުގެ ބޮޑު ސަރަހައްދެއްގައި ގާއިމުކުރާ އެއާޕޯޓެކެވެ. މި އެއާޕޯޓު ފުރިހަމަވެ ހިދުމަތް ދޭން ފެށުމުން، އަހަރަކު 1 މިލިއަނަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް ލަފާކުރެވެއެވެ.
އައު އެއާޕޯޓުގެ ސަބަބުން ބުރުކީނާ ފާސޯގެ ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، އެތައް ހާސް ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. މި މަޝްރޫއު ކުރިއަށްދަނީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ އެކި ބައިވެރިންނާއި މާލީ އިދާރާތަކުގެ އެހީތެރިކަމާއެކުގައެވެ.
މި އައު އެއާޕޯޓު ނިމުމުން، 1960 ގެ އަހަރުތަކުގައި ބިނާކޮށް މިހާރު ބޭނުންކުރަމުންދާ ބޭނުންތަކަށް ނުފުދޭ ބާ ގަދީމީ އެއާޕޯޓުގެ ހިދުމަތްތައް މިއަށް ބަދަލުކުރެވޭނެއެވެ.






