ވޯލްޑް ކަޕް ފައިނަލް: ޣައްޒާ މީހުން ސްޕެއިންއާއެކު

ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި، ސްޕެއިނާއި އާޖެންޓީނާ ބައްދަލުކުރާއިރު، ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުން ތިބީ ސްޕެއިންގެ ފަހަތުގައި ކަމަށް ގިނަ ބަޔަކު ބުނެފި އެވެ. މިފަހަރުގެ ފައިނަލްގައި ސްޕެއިނަށް ތާއީދުކުރާ މައިގަނޑު ސަބަބަކީ، ފަލަސްތީނުގެ މައްސަލައިގައި ސްޕެއިން ސަރުކާރާއި އެގައުމުގެ ކުޅުންތެރިން ދައްކަމުންދާ ހިތްވަރުގަދަ ތާއީދެވެ.

އުމުރުން 33 އަހަރުގެ އަޙްމަދު އަލް-ބޮޒްމް ބުނި ގޮތުގައި، ސްޕެއިނަށް ތާއީދުކުރަނީ އެ ގައުމުން ފަލަސްތީނުގެ ހައްގުގައި އަޑު އުފުލާތީ އެވެ. "އަހަރެމެންގެ ހިތްވަރާއި ތާއީދު ސްޕެއިނަށް އެބައޮތް. އުންމީދަކީ ވޯލްޑް ކަޕް ތަށި އުފުލާލާއިރު، ފަލަސްތީނުގެ ދިދަ ވެސް އެމީހުން އުފުލުން،" ބާސެލޯނާގެ ތަރި ލަމީން ޔަމާލް ފަދަ ކުޅުންތެރިން ފަލަސްތީނަށް ދޭ ތާއީދަށް އިޝާރާތްކުރަމުން އަޙްމަދު ބުންޏެވެ.

ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ޣައްޒާގައި ކުރިއަށްދާ ޔަހޫދީންގެ ޖެނޮސައިޑް ހަނގުރާމައިގެ ސަބަބުން، ކުޅިވަރުގެ ހަރަކާތްތައް ބޭއްވުމަކީ ޣައްޒާގައި ދަތި ކަމަކަށް ވަނީ ވެފަ އެވެ. ކަރަންޓުގެ ދަތިކަމާއި، ޖަނެރޭޓަރުތަކަށް ބޭނުންވާ ތެޔޮ ނުލިބުމުގެ ސަބަބުން ގިނަ މީހުންނަށް މެޗުތައް ބެލުމުގެ ފުރުސަތު ވެސް ނުލިބެ އެވެ.

ނަމަވެސް، ޣައްޒާގެ ސްޕޯޓްސް ކްލަބުން ދަނީ މި ފޯރި ދެމެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން، ސްޕެއިނާއި ފަލަސްތީނުގެ ޓީމުތަކުގެ މެދުގައި "ސިމިއުލޭޓެޑް" މެޗުތަކެއް ވެސް ވަނީ ބާއްވައިފަ އެވެ. "މި ހަރަކާތްތަކުން ވެސް ފެނިގެން ދިޔައީ ސްޕެއިންގެ ޓީމަށް ޣައްޒާގެ ރައްޔިތުން ބަހައްޓާ ލޯތްބާއި ތާއީދު،" ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ސްޓޭޑިއަމް މެނޭޖަރު އަދުނާން އަލްއަފީފީ ބުންޏެވެ.

2024 ވަނަ އަހަރު ސްޕެއިން ސަރުކާރުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތުމަކީ ޣައްޒާގެ ރައްޔިތުންނަށް ލިބުނު ބޮޑު ހިތްވަރެކެވެ.

"މިއީ ހަމައެކަނި ފުޓްބޯޅައެއް ނޫން. މިއީ އެމީހުން އަހަރެމެންގެ ހާލަތު ދެނެތިބިކަން އަންގައިދޭ ރަމްޒެއް. މިފަދަ ހަރަކާތްތަކުން އަހަރެމެންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ،" ޣައްޒާގެ އެމްޕިއުޓީ ފުޓްބޯޅަ ޓީމުގެ ކޯޗު ހާތިމް އަލްމަޣްރިބީ ބުންޏެވެ.

ފައިނަލް މެޗުގައި އާޖެންޓީނާ އަކީ ލިއޮނަލް މެސީ ފަދަ ތަރިން ތިބި ވަރުގަދަ ކުޅިވަރެއް ދައްކާށެވެ. ނަމަވެސް، ޣައްޒާގެ ރައްޔިތުންގެ އުންމީދަކީ ސްޕެއިންއަށް ކާމިޔާބީ އެވެ. އެމީހުން ބުނާ ގޮތުގައި، ކުޅިވަރުގެ މި މައިދާނަކީ ހަނގުރާމައިގެ ބިރުވެރިކަމުން ދުރަށް 90 މިނެޓަށް ނަމަވެސް، ހިތްހަމަޖެހުމެއް ހޯދައިދޭ ވަސީލަތެކެވެ.

ހިއްސާ ކުރައްވާ!