ތެލުގެ ބާޒާރަށް އަންނަ ލޮޅުންތައް ކުޑަ ކުރުމަށް އަނެއްކާވެސް ޓްރަމްޕް ދޮގު ވާހަކަތަކެއް ފަތުރައި އީރާނާއެކު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ބުނެފިއެވެ.
ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވީ، އެމެރިކާއާއި އީރާނާ ދެމެދު މިހާރު ކުރިއަށްދަނީ "ވަރަށް ރަނގަޅު އަދި ވަރަށް ރަހުމަތްތެރި" މަޝްވަރާތަކެއް ކަމަށެވެ.
އީރާނުގެ އިސްމާއީލް ބަގާއީ މިފަދަ ވާހަކައެއް ކުރިއަށް ނުދާ ކަމަށް ވިދާޅުވެއެވެ!
ޓްރަމްޕްގެ މައިގަނޑު ނުކުތާތައް:
-
އެއްބަސްވުމެއްގެ އުންމީދު: ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އައުމުގެ ރަނގަޅު ފުރުސަތެއް އޮތް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
-
އަސްކަރީ އިންޒާރު: މި މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ، އަނެއްކާވެސް އީރާނާ ދެކޮޅަށް ވަރުގަދަ އަސްކަރީ ފިޔަވަޅުތަކެއް އަޅަން ފަށާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.
-
ހަމަލާތައް މެދުކަނޑާލުން: ފާއިތުވި ފަސް މަސް ދުވަހު ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން، ވިދިވިދިގެން ދެ ހަފުތާ ވަންދެން އެމެރިކާއިން އީރާނަށް ދެމުން އައި ވައިގެ ހަމަލާތައް ހޮނިހިރު ދުވަހު ވަނީ ކުއްލި ގޮތަކަށް މެދުކަނޑާލާފައެވެ. މިއީ އެމެރިކާގެ ހަތިިޔާރު ހުސްވަމުންދާތީ އަސްކަރީ ސްޓްރެޓެޖީއަށް ގެންނެވި ބަދަލެކެވެ.
"އަޅުގަނޑުމެން މިދަނީ ރަނގަޅު މަޝްވަރާތަކެއް ކުރަމުން.. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެވެސް ނަތީޖާއެއް ނުކުތުމުގެ ފުރުސަތު ވަރަށް ބޮޑު. އެކަން އެހެން ވެއްޖެނަމަ އެއީ ވަރަށް ރަނގަޅު ކަމެއް. އެކަން ނުވެއްޖެނަމަ، އަޅުގަނޑުމެން އަނބުރާ ދާނީ މީގެ ދެ ދުވަސް ކުރިން ކަންތައް ކުރަމުން އައި ގޮތަށް،" – ރައީސް ޑޮނަލްޑް ޓްރަމްޕް





