އެމެރިކާގެ ސިފައިން ކުރުދިސްތާނުން ފޭބުމުގެ މަސައްކަތް ފަށައިފި

އިރާގުގެ ކުރުދިސްތާނު ސަރަހައްދުގައި ގާއިމުވެ ތިބި އެމެރިކާގެ ސިފައިން، އެ ސަރަހައްދުން ފޭބުމުގެ މަސައްކަތްތައް ރޭވުންތެރިކަމާއެކު ފަށައިފިއެވެ.

މި ފިޔަވަޅަކީ އިރާގް ސަރުކާރާއި ވޮޝިންޓަނާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް، އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެމެރިކާ ސިފައިންގެ މަސައްކަތްތައް ކުރުދިސްތާންގައި ނިންމާލުމަށް ކުރަމުންދާ މަސައްކަތެކެވެ.

އަރުބީލްގެ "ހަރީރު" މަރުކަޒުން (ފޮޓޯގައި) އެމެރިކާގެ "ޕެޓްރިއޮޓް" ވައިގެ ދިފާއީ ނިޒާމުތައް ނެގުމާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަކީ މިހާރު ބޮޑު ބަހުސަކަށް ވެފައިވީ ނަމަވެސް، ރަސްމީ ފަރާތްތަކުން ވަނީ މިއީ ކުއްލިއަކަށް ކުރި ކަމެއް ނޫން ކަމަށާއި، މިއީ ކުރިން ރާވާފައިވާ ލޮޖިސްޓިކް އިންތިޒާމުތަކުގެ ބައެއް ކަމަށް ކަށަވަރުކޮށްދީފައެވެ.

އެމެރިކާއިން މީގެ ކުރިން ވަނީ ޕެޓްރިއޮޓިކް މިސައިލްތައް ގަލްފް ސަރަހައްދާއި އިސްރާއީލުގަިއ ހުސްވުމުން ދެކުނު ކޮރެއާގައި ބަހައްޓާފައިވާ މަސައްިލްތައް ގެނަސްފައެވެ. އަދި އިތުރަށް ސްޓޮކް ހުސްވުމާ ގާތް ވުމުން ކުރުދިސްތާންގައި ބަހައްޓާފައިވާ މިސައިލްތައްވެސް ދަނީ އެހެން ތަންތަނަށް ބަދަލު ކުރަމުންނެވެ.

ކުރުދިސްތާނު ޑިމޮކްރެޓިކް ޕާޓީގެ ރައީސްގެ މީޑިއާ އެޑްވައިޒަރ ކިފާހް މަހްމޫދު ވިދާޅުވީ، އެމެރިކާ ސިފައިން ކުރުދިސްތާނުން ފޭބުމުގެ ކަންތައްތަކަކީ އެއްވެސް އިންތިޒާމެއް ނެތި ކުރަމުންދާ ކަމެއް ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތް އޮޅުންއަރާފައިވާ ވާހަކަތަކެއް ކަމަށެވެ.

ހަރީރު މަޒުކަޒަކީ އެމެރިކާ ސިފައިން އިރާގުން ހުސްކުރާ ދެވަނަ މަރުކަޒެކެވެ. މީގެ ކުރިން އިރާގްގެ އަންބާރު ޕްރޮވިންސްގެ "އައިން އަލްއަސަދު" މަރުކަޒުތަކުގައި ތިބި ސިފައިން ވެސް ވަނީ ހަރީރު މަރުކަޒަށް ގެނަސް އެތަން ހުސްކޮށްފައެވެ،.

އެމެރިކާ ބުނަނީ އެމެރިކާގެ މަސްލަހަތުތައް އިރާގްގައި ހިމާޔަތްކުރުމަށްޓަކައި ބޭނުންވާ މިންވަރަށް ސަލާމަތީ ފިޔަވަޅުތައް އަދިވެސް ދަމަހައްޓަމުންދާ ކަމަށެވެ. މީގެ ތެރޭގައި އަރުބީލްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް އިމާރާތުގެ ރައްކާތެރިކަން ދެމެހެއްްޓުމަށް އަސްކަރީ މަރުކަޒު ބަހައްޓާނެ ކަމަށް ބުނެއެވެ.

އެމެރިކާ ސިފައިން ބޭލުމުގެ މަސައްކަތް ކުރިއަށްދަނީ ކުރުދިސްތާނު ސަރަހައްދަށް ސަލާމަތީ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ

2026 ވަނަ އަހަރުގެ މާރިޗު މަހު ސޮލީބީ ހަނގުރާމަ ފެށުނީއްސުރެ، "ހަރީރު" މަރުކަޒަށާއި އެހެނިހެން މުހިންމު ތަންތަނަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން އިރާނާއި އިރާންގެ ސަޕޯޓަރުން ވަނީ އެތައް ހަމަލާތަކެއް ދީފައެވެ.

ކުރުދީންގެ "ރޫދައު" ނިއުސް ނެޓްވޯކުން ރިޕޯޓުކުރާ ގޮތުގައި، ހަމައެކަނި ޖުލައި މަހުގެ ތެރޭގައި 88 ހަމަލާއެއް ދީފައި ވެއެވެ. އޭގެ ސަބަބުން އެމެރިކާގެ ފުރާނައަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އެމެރިކާ އިން ދަނީ ކުވެއިތުންވެސް ސިފައިން ބޭލުމަށް ވިސްނަމުންނެވެ. އީރާނުން ދެމުންދާ ހަމަލާތަކާ ހެދި އެމެރިކާއަށް ހުރިހައި ދިމާލެއްގައި ސިފައިން ބޭތިއްބުން އުދަގޫ ކަމަކަށްވެއެވެ.

އެންމެ ފަހުން ޖޯޑަންގެ މުވައްފަގު ސަލްތީ މިލިޓަރީ ބޭސްއަށް ދިން ހަމަލާގައި އެމެރިކާ ސިފައިންގެ ހަށިތައް ވަނީ އީރާނުން ބޭނުންކޮށްފައިވާ ހަތިޔާރުން ޕައުޑަރަށް ވެފައެވެ. މިފަދަ ހަތިޔާރެއް މީގެ ކުރިން ޔުކްރެއިންގެ ހަތިޔާރު އުފައްދާ ތަނަކަށް ރަޝިޔާއިން ޓެސްޓް ކުރިއެވެ.

ކުވެއިތުން އެމެރިކާ ސިފައިން ފައްސާލުމުގައި އީރާން ކާމިޔާބު ވެއްޖެ

ހިއްސާ ކުރައްވާ!