އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޮފީސް މޭޒު ދޮށުގައި އިންނަވާއިރު ތާއްޔާޖެހި އާސޯޚު ވުމުން އޭނާ ހޭލައްވާ ލުމަށް ކަރަންޓު ޖައްސާ އަންހެން ރޮބޮޓެއް އޯވަލް އޮފީހުގައި ބޭނުން ކުރަން ފަށައިފިއެވެ. މި ރޮބޮޓް ހުންނަނީ ބަނިޔާދަން ރީތި އަންހެނެއްގެ ސިފައިގައެވެ. ޓްރަމްޕް ތާއްޔާ ޖެހުމުން ރޮބޮޓްގެ ފޫޅުގައި ހަރުކޮށްފައިވާ ފިތަކަށް ފިއްތާލުމުން ޓްރަމްޕަށް ކަރަންޓު ޝޮކެއް ލިބި އަލުން ހޭވެރިކަމެއް އާދެއެވެ.
މިވާހަކަ މީސްމީޑިއާގައި އެނބުރެން ފެށީ ޓްރަމްޕް އޭނާގެ ހެލްތު މިނިސްޓަރު ރޮބަރޓް ކެނެޑީއާ ބައްދަލު ކުރިއިރު ތާއްޔާ ޖެހުމުން އޭނާގެ ފުރަގަހުން ހުރި އަންހެން މީހާ އޭނާގެ ފޫޅުގައި އަތް ބީހިލުމުން ޓްރަމްޕް ސިއްސައިގެން ދިޔަމަންޒަރު މީހުންނަށް ފެނުމުންނެވެ.
މީސް މީޑިއާގައި މީހުން ބުނީ މި ކަމަނާއަކީ ކުރިން ފެނުނު މީހެއް ނޫން ކަމަށެވެ. އަދި ކުއްލިއަކަށް މި ހަސީނާ ޓްރަމްޕްގެ ފުރަގަހުން ފެނުމުން ގިނަ ބަޔަކު ވަނީ ސުއާލު އުފައްދާފައެވެ.

މިކަމާ ގުޅޭ ވީީޑިއޯ މީސްމީޑިއާގައި އެނބުރުމުން އެއަށް މިލިއަނަކަށްވުރެ ގިނަ މީޙުންގެ ބެލުން ލިބިފައި ވެއެވެ. އަދި މި ޖާދޫ އަކީ ޒަމާނީ ޓެކްނޮލޮޖީގެ ނުރައްކާތެރި ސިއްރެއް ހާމަވެގެންދިޔަ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަ ކޮށްފައެވެ.
ޓްރަމްޕަށް ކަރަންޓު ޖައްސާ މިއަންހެން މީހާއާ ބެހޭ ގޮތުން ގިނަ ބައެއްގެ ލަފައަކީ މިއީ އަންހެން ރޮބޮޓެއް ކަމަށާއި އެ ރޮބޮޓަށް އޮތްހާ ވެސް ކަމަކީ ޓްރަމްޕަށް ކަރަންޓު ޝޮކް ދިނުން ކަމަށެވެ! ސުއާލަކީ މިއުމުރުގައި ކަރަންޓު ޖައްސައިގެންވެސް ޓްރަމްޕް ހޭލެއްވޭނެ ހެއްޔެވެ؟
ކަމު ވޮށިގެންވާ އެހެން ބަޔަކު ބުނާ ގޮތުގައި މިއީ ރޮބޮޓެއް ނޫނެވެ! މިއީ ޖެމީ ފްރެންކްލިން ނަމަކަށް ކިޔާ އަންހެނެކެވެ.
އެމެރިކާގެ މަޝްހޫރު މީޑިއާ ރިޕޯޓުތަކުން ހާމަކޮށްފައިވާ ގޮތުގައި، އޭނާއަކީ ކުރިން ޓްރަމްޕްގެ ސަރުކާރުގައި މަސައްކަތްކޮށްފައިވާ އަދި މިހާރު މީޑިއާގެ ދާއިރާގައި މަސައްކަތްކުރަމުން އަންނަ ޓްރަމްޕްގެ ސަޕޯޓަރެކެވެ.





