ރަޝިޔާގެ ތާރީޚީ އަދި ސިޔާސީ ޙަޔާތް ބައްޓަންވުމުގައި އިސްލާމީ އިރުމަތީގެ ޙަޟާރާތުގެ ނުފޫޒު ވަރަށް ބޮޑަށް އެކުލެވިގެންވާ ކަމަށް ރަޝިޔާގެ ސައިންސް އެކަޑަމީގެ އޮރިއެންޓަލް އިންސްޓިޓިއުޓްގެ ސީނިއާ ރިސާޗަރ އަދި އިންޓަރނޭޝަނަލް ޔޫނިއަން އޮފް އިސްލާމިކް ސްކޮލާސްގެ މެންބަރު ރޮސްލާން ޤުރުބާނޯފް އަލްޖަޒީގާއި މި ލިޔުން ލިޔުއްވާފައިވެއެވެ.
އިސްލާމީ ޚިލާފަތުގައި އުމަވީ ދައުރުގައި، ޚަލީފާ މަރުވާން ބިން މުޙައްމަދުގެ ލަޝްކަރު 737 މ. ގައި ކޯކަސަސް ސަރަޙައްދަށް ފެތުރި މިހާރުގެ އުކްރޭނާއި ރަޝިޔާގެ ދެކުނުގެ ސަރަޙައްދުތަކާ ހަމައަށް ވާޞިލުވި ހިސާބުން ފެށިގެން، ރަޝިޔާގެ ވިޔަފާރިވެރިންނާއި ވެރިންގެ ގުޅުން އިސްލާމީ ދުނިޔެއާއެކު ބަދަހިވާން ފެށިއެވެ. ޚަލީފާ އުމަރުގެފާނުގެ ދައުރުގައި 642 މ. ގައި ދާޣިސްތާނަށް އިސްލާމްދީން ފެތުރުމަކީ މިއަދުގެ ރަޝިޔާގެ ސަރަޙައްދުތަކުގައި އިސްލާމީ ޙަޟާރާތުގެ ބިންގާ އެޅިގެންދިޔަ މުހިންމު ހާދިސާއެކެވެ.
އިރުމަތީގެ ޢިލްމާއި ރަޝިޔާގެ ފިކުރީ ތަރައްޤީ
ރަޝިޔާއިން އިރުމަތީގެ ގުޅުންތަކަށް އިސްކަންދޭން ފެށީ ހަމައެކަނި ސިޔާސީ ނުވަތަ އިޤްތިޞާދީ ބޭނުންތަކަށް އެކަންޏެއް ނޫނެވެ. 10 ވަނަ ޤަރުނުގައި ރަޝިޔާގެ ރައްޔިތުން ކްރިސްޓިއަން ދީން ޤަބޫލުކުރުމާ ގުޅިގެން، ޝާމް ކަރަޔާއި، ފަލަސްޠީނާއި، މިޞްރު ފަދަ އިސްލާމީ އިރުމަތީގެ ޤައުމުތަކުގެ މަޢުލޫމާތާއި އިލްމީ ޚަޒާނާތަކަށް ރަޝިޔާގެ ފިކުރީ އުފެއްދުންތެރިކަން ހުޅުވިގެންދިޔައެވެ.
ރަޝިޔާގެ ތާރީޚާއި އިސްލާމީ ޙަޟާރާތުގެ ފެށުން:
- އެންމެ ފުރަތަމަ ބައްދަލުވުން:
ޤަދީމީ ރޫސީ ޤަބީލާތަކާއި އިރުމަތީގެ ދަރިކޮޅުތަކާ މުސްލިމުންނާ ދެމެދު އެންމެ ފުރަތަމަ ގުޅުން އުފެދުނީ، މެދުއިރުމަތީގެ ބައެއް ދަރިކޮޅުތައް ރޫސީވިލާތުގެ އިންތަކާ ހަމައަށް ފޯރި ހިސާބުންނެވެ. އެގޮތުން މީލާދީން 6 ވަނަ އަދި 7 ވަނަ ޤަރުނުގެ ތެރޭގައި، އީރާނުގެ ސާސާނީ އެމަޕްޔަރ އިން ވަނީ ދާޣިސްތާނުގެ ބައެއް ސަރަޙައްދުތައް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. - ދާޣިސްތާނަށް އިސްލާމްދީން ތަޢާރަފްވުން:
ޢުމަރުގެފާނުގެ ޚިލާފަތުގައި، މީލާދީން 642 ވަނަ އަހަރު، ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ޞަޙާބީން ދާޣިސްތާނަށް ވެއްދެވިއެވެ. މިއަދު ދާޣިސްތާނަކީ ރަޝިޔާގެ އިއްތިހާދުގައި ހިމެނޭ އެންމެ ބޮޑު އިސްލާމީ ޖުމްހޫރިއްޔާއެވެ. - އުއްމަވީ ދައުލަތުގެ ފުޅާވުން:
ދާޣިސްތާނުން ފެށިގެން، އުމަވީ ޚިލާފަތުގެ ދުވަސްވަރު މުސްލިމުން އުތުރަށް މިޞްރާބުޖަހައި، މަޝްހޫރު ވޮލްގާ ކޯރާ ހަމައަށް ދިޔައެވެ. - ޔޫކްރޭނުގެ އިންތަކާ ހަމައަށް ދިޔުން:
މީލާދީން 737 ވަނަ އަހަރު، އުއްމަވީ ޚަލީފާ މަރުވާން ބިން މުޙައްމަދުގެ ޤިޔާދަތުގެ ދަށުން، އިސްލާމީ ލަޝްކަރު މިހާރުގެ ޔޫކްރޭނުގެ އިންތަކާ ހަމައަށް ފޯރިއެވެ. އަދި ޤަދީމީ ރޫސީ ހަނގުރާމަވެރިން އުއްމަވީ ލަޝްކަރުގައި ވޮލަންޓިއަރުންގެ ގޮތުގައި ބައިވެރިވިކަންވެސް ފާހަގަކުރެވެއެވެ. - ކްރިސްޓިއަން ދީން އިޚްތިޔާރުކުރުން:
މީލާދީން 10 ވަނަ ޤަރުނުގެ ތެރޭގައި، ވަކިން ޚާއްޞަކޮށް މީލާދީން 988 ވަނަ އަހަރު ރޫސީން ކްރިސްޓިއަން ދީން ޤަބޫލުކުރުމަކީ، ރޫސީ ރައްޔިތުންނާއި އިރުމަތީގެ ދުނިޔެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދިޔަ މުޙިންމު ސަބަބެކެވެ.
މީގެއިތުރުން، 19 ވަނަ ޤަރުނުގައި ކޯކަސަސްއާއި މެދުތެރޭ އޭސިއާގެ މުސްލިމް ސަރަޙައްދުތައް ރަޝިޔާގެ އިމްޕީރިއަލް ދައުލަތުގެ ބައެއްގެ ގޮތުގައި ހަމަޖެހުމާއެކު، އިސްލާމީ ޘަޤާފަތާއި ޢިލްމަކީ ރަޝިޔާގެ ދާޚިލީ ޙަޔާތުގެ މުހިންމު ބައެއްގެ ގޮތުގައި ބަލައިގަންނަންޖެހުނެވެ. މީގެ ސަބަބުން ރަޝިޔާގައި "އިރުމަތީގެ ދިރާސާތައް" ކުރަން ފެށި އޭގެ ފުރިހަމަ ފައިދާ ސޯވިއެޓް އިއްތިހާދުގެ ދައުރުގައިވެސް ހިފުނެވެ.
-
- އޭޝިޔާގެ އަސަރު ފޯރުން:
ޖެންގިޒް ޚާންގެ އަސްކަރީ ޙަމަލާތަކުގެ ދަށަށް ރޫސީވިލާތުގެ ބިންތައް ގެއްލި ދިއުމުގެ ސަބަބުން، ރަޝިޔާގެ ދައުލަތުގެ ސިފަތަކަށް އޭޝިޔާގެ ސަގާފީ އަދި ސިޔާސީ އަސަރުތައް ވަރަށް ބޮޑަށް ފޯރައިގެންދިޔައެވެ. - ވިޔަފާރިއާއި ސަފީރުންގެ ދަތުރުތައް ފެށުން:
އެ ދުވަސްވަރުން ފެށިގެން ރޫސީންނާއި މެދުތެރޭ އޭޝިޔާގެ ދަރިކޮޅުތަކާ ދެމެދު ވިޔަފާރީގެ ގުޅުންތައް އުފެދެން ފެށިއެވެ. އެގޮތުން ރޫސީ ވިޔަފާރިވެރިން މެދުތެރޭ އޭޝިޔާގެ ޚުވާރިޒްމް އާއި ބުޚާރާއަށް ދަތުރުކުރިއިރު، ރޫސީ ސަފީރުން ވަނީ މޮންގޯލިއާ އާއި އަފްޣާނިސްތާނަށް ދަތުރުކޮށްފައެވެ. - ހީރާތު އާއި މޮސްކޯގެ ގުޅުން:
15 ވަނަ ޤަރުނުގެ ތެރޭގައި ރޫސީ ސަފީރުން އަފްޣާނިސްތާނުގެ ހީރާތު ސިޓީއަށް ޒިޔާރަތްކޮށްފައިވާކަން އެނގެއެވެ. އަދި އެއާއެކު ހީރާތުގެ ސަފީރުންވެސް ވަނީ މޮސްކޯއަށް ޒިޔާރަތްކޮށްފައެވެ. - މަޝްހޫރު ދަތުރުވެރިންގެ ދަތުރުތައް:
އެ ޤަރުނުގެ ދެވަނަ ބައިގެ ތެރޭގައި، ރަޝިޔާގެ މަޝްހޫރު ވިޔަފާރިވެރިޔާ އަފަނާސީ ނިކިޓިން އިންޑިއާއަށް ދަތުރުކުރިއެވެ. އަދި އޭގެފަހުން އެހެން ރޫސީ ވިޔަފާރިވެރިއެއް ކަމަށްވާ ފެޑޮޓް ކޮޓޯވް ވަނީ އީރާނަށް ދަތުރުކޮށްފައެވެ. މިއީ ދެކުނު އޭޝިއާގެ މުސްލިމުން ތައާރަފްވި ހިސާބެވެ.
- އޭޝިޔާގެ އަސަރު ފޯރުން:
ޕްރިމަކޯފްގެ ޚާރިޖީ ސިޔާސަތާއި އިސްލާމީ އިރުމަތީގެ ދައުރު
ސޯވިއެޓް އިއްތިހާދު ރޫޅިގެން ދިޔުމަށްފަހު، ހުޅަނގުގެ ނުފޫޒުގެ ދަށަށް ރަޝިޔާ ދިޔަނުދީ، ޤައުމީ އަމިއްލަވަންތަކަން އިއާދަކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވީ އިރުމަތީގެ ދިރާސާތަކުގެ މާހިރު އަދި ރަޝިޔާގެ ޚާރިޖީ ވަޒީރުކަމާއި ބޮޑުވަޒީރުކަން ކުރެއްވި ޔެވްގެނީ ޕްރިމަކޯފްއެވެ.
ރަޝިޔާގެ މިޞްރާބު ބަދަލުކޮށްލި އިރުމަތީގެ ޢިލްމުވެރިޔާ
- ތަޢުލީމީ ޙަޔާތާއި ކާމިޔާބު ކެރިއަރު:
ޔެވްގެނީ ޕްރިމަކޯވް 1950 ގެ އަހަރުތަކުގައި މޮސްކޯ އިންސްޓިޓިއުޓް އޮފް އޮރިއެންޓަލް ސްޓަޑީޒްއިން ތަޢުލީމު ޙާޞިލުކުރެއްވިއެވެ. އަދި 50 އަހަރުގެ ދިގު މުއްދަތެއްގެ ތެރޭގައި، ޢަރަބި ބަހުގެ ޒުވާން ރިސާޗަރަކުން ފެށިގެން ރަޝިޔާގެ އިންޓެލިޖެންސްގެ ވެރިޔާކަމާއި ބޮޑުވަޒީރުކަމާ ހަމައަށް އޭނާ ވަނީ ފާހަގަކޮށްލެވޭ ކާމިޔާބު ކެރިއަރެއް ބިނާކުރައްވާފައެވެ. - ސިއްރު ޑިޕްލޮމެސީ:
ތަޢުލީމު ނިންމެވުމަށްފަހު އެކަޑެމީ އޮފް ސައިންސަސްގައި ރިސާޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. އަދި 1970 ގެ އަހަރުތަކުގައި، އޭނާގެ ފޮތް "ދަ މިޑްލް އީސްޓް އޮން ސްޓޭޖް އެންޑް ބިހައިންޑް ދަ ސީންސް" ގައި ބަޔާންކޮށްފައިވާ ގޮތަށް، ސޮވިއެޓް ކޮމިއުނިސްޓް ޕާޓީގެ ފަރާތުން މެދުއިރުމަތީގެ ސިއްރު ޑިޕްލޮމެޓިކް މަސައްކަތްތަކުގައި ބައިވެރިވާން ފެއްޓެވިއެވެ. - މިޞްރުގެ ސިޔާސީ މަސްރަޙު ދިރާސާކުރުން:
އެނަލިސްޓެއްގެ ގޮތުގައި ޕްރިމަކޯވް މިޞްރުގެ ސިޔާސީ މަސްރަޙު ދިރާސާކުރެއްވިއެވެ. އަދި ކުރީގެ ރައީސް ޖަމާލް ޢަބްދުންނާޞިރާ ޚިލާފަށް، އޭރުގެ ރައީސް އަންވަރު އައްސާދާތު އެމެރިކާއާއެކު ގުޅުން ބަދަހިކުރައްވަން މިޞްރާބު ޖައްސަވާފައިވާކަން އޭނާ ހާމަކުރެއްވިއެވެ. - ޖޯޖް ޙަބަޝްއާ ބައްދަލުކުރުން:
1971 ވަނަ އަހަރު ބެއިރޫތުގައި، ޕަލެސްޓައިން ލިބަރޭޝަން ފްރަންޓުގެ ލީޑަރު ޖޯޖް ޙަބަޝްއާ ޕްރިމަކޯވް ބައްދަލުކުރެއްވިއެވެ. އަދި ބޯޓުފަހަރު ހައިޖެކްކުރުމާއި މީޙުން ރަހީނުކުރުން ހުއްޓާލުމަށް މޮސްކޯއިން ދިން އިރުޝާދު އޭނާއަށް ރައްދުކުރެއްވިއެވެ. - އިސްރާއީލުގެ ސިޔާސަތަށް ހުށަހެޅި ބަދަލުތައް:
ޢަރަބިންނާއި އިސްރާއީލާ ދެމެދު ހަނގުރާމަތައް ފެށުމާއެކު، ސޮވިއެޓް އިއްތިހާދުން އިސްރާއީލާއެކު އޮންނަ ގުޅުންތަކަށް ބަދަލުތަކެއް ގެނައުމަށް ޕްރިމަކޯވް ލަފާދެއްވިއެވެ. ސޮވިއެޓް ލީޑަރު ލިއޮނިޑް ބްރެޒިނޭވް މި ހުށަހެޅުންތައް ޤަބޫލުކުރެއްވުމާ ގުޅިގެން، ކޮމިއުނިސްޓް ޕާޓީއާއި އިންޓެލިޖެންސްގެ ތެރޭގައި ޕްރިމަކޯވްގެ ނުފޫޒު ވަރަށް ބޮޑަށް ގަދަވެގެންދިޔައެވެ. - އިސްރާއީލާއެކު ސިއްރު ނެގޯޝިއޭޝަންތައް:
1971 ގައި ސޮވިއެޓް ލީޑަރޝިޕުން އިސްރާއީލާއެކު ގުޅުން ރަނގަޅުކުރުމުގެ ސިއްރު މިޝަނެއް ޕްރިމަކޯވްއާ ޙަވާލުކުރިއެވެ. މިއީ ކޭޖީބީގެ ވެރިޔާ އެންޑްރޮޕޯވް އާއި ޚާރިޖީ ވަޒީރު ގްރޯމީކޯގެ ތާޢީދު އޮތް ކަމެކެވެ. 1967 ގެ ހަނގުރާމައިގައި ހިފާފައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާއިން އިސްރާއީލު ފޭބުމަށް އޭނާ އެދިވަޑައިގަތެވެ. އަދި އޭގެ ބަދަލެއްގެ ގޮތުން ސޮވިއެޓް އިއްތިހާދާއި ހުޅަނގުގެ ސެކިއުރިޓީ ގެރެންޓީ އިސްރާއީލަށް ދިނުމަށް ހުށަހެޅުއްވިއެވެ. - ފޮރިން އިންޓެލިޖެންސްގެ ވެރިޔާކަން:
20 އަހަރު ފަހުން، މީލާދީން 1991 ގައި، ޔެވްގެނީ ޕްރިމަކޯވް ރަޝިޔާގެ ފޮރިން އިންޓެލިޖެންސް ސާވިސްގެ ވެރިޔާގެ މަޤާމަށް ވަޑައިގަތެވެ. މިއީ ސޮވިއެޓް އިއްތިހާދު އުވިގެންދިޔަ ދުވަސްވަރު ކަމަށްވެފައި، ހުޅަނގުގެ ޤައުމުތަކުން ރަޝިޔާ މުޅިން ބަލިކޮށްލެވިއްޖެކަމަށް ނިންމައިގެން ތިބި ދަނޑިވަޅެކެވެ.
1999 ގައި އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި، ޔޫގޯސްލާވިއާއަށް ނޭޓޯއިން ހަމަލާދޭން އުޅޭކަން އެނގުމުން ވައިގެ ތެރޭގައި ބޯޓު އަނބުރާލައްވައި މޮސްކޯއަށް ވަޑައިގަތް "ޕްރިމަކޯފްގެ ލޫޕް" އަކީ ރަޝިޔާ ހުޅަނގަށް ބަރޯސާވުން ނިމުމަކަށް އައިކަމުގެ ރަމްޒެކެވެ.
މި ސިޔާސަތު ރައީސް ލަޑީމިއަރ ޕޫޓިންގެ ދައުރުގައި ވަރުގަދަކޮށް، ރަޝިޔާއަކީ އިރުމަތީގެ އިސްލާމީ ދުނިޔެއާއެކު ބަދަހި ގުޅުމެއް ބާއްވާ، އަދި އިސްލާމީ ޙަޟާރާތުން ބާރުލިބިގަންނަ ޤައުމެއްގެ ގޮތުގައި ބައްޓަންކުރުމަށް ސިޔާސަތުތައް މަގުފަހި ކުރެއްވިއެވެ.






