ބަންގި ގޮވުން އެއްގޮތްކޮށް އެއްތަނަކުން ހުރިހައި މިސްކިތަކަށް ބްރޯޑްކާސްޓް ކުރަނީ

މިސްކިތްތަކުން ބަންގީގެ އަޑު އެއްގޮތްކޮށް، ވަގުތުގެ ފަރަގުތައް ނައްތާލުމަށްޓަކައި ޚާއްޞަ މަޝްރޫޢުތަކެއް ފަށައިފިއެވެ. އިރާގްގެ ކުރުދިސްތާނާއި ޖޯޑަންގައި މި މަޝްރޫއުތައް މިހާރު ވަނީ ތަންފީޒުކޮށްފައެވެ.

ޖޯޑަންގެ މަފްރަޤު ޕްރޮވިންސްގައި މި މަޝްރޫޢުގެ ދަށުން 500 މިސްކިތެއްގައި ޒަމާނީ ސިސްޓަމްތައް ހަރުކޮށްފައި ވެއެވެ.

ޖޯޑަންގައި މި މަޝްރޫޢު ކުރިއަށް ގެންދަނީ ހަތަރު މަރުހަލާއަކަށް ބަހާލައިގެންނެވެ. އަދި އިތުރު 880 މިސްކިތެއް މި ނިޒާމުގެ ތެރެއަށް ވައްދަން ނިންމާފައި ވެއެވެ. މި ބަދަލުގެ ސަބަބުން މިސްކިތްތަކުގެ މެދުގައި ބަންގި ގޮވުމުގައި ހުންނަ ރާގުގެ ތަފާތުކަން ކުޑަވެ، އެއްގަޑިއެއްގައި އެއް ބަންގިއެއް އިވިގެން ދާނެއެވެ.

އިރާގްގެ ކުރު ދިސްތާނުގައިވެސް މި ނިޒާމު ބޭނުން ކުރަން ފަށާފައި ވެއެވެ. ކުުރުދިސްތާނުގައި 6 ހާސް މިސްކިތް ހުންނައިރު، މި ނިޒާމު ވަނީ ވެރިރަށް އަރުބީލްގެ ހުރިހަިއ މިސްކިތަކާ ގުޅުވާފައެވެ. އަރްބީލްގެ ސަފްވަތު މިސްކިތުން ގޮވާބަންގި އެ ސިޓީގެ ހުރިހަިއ މިސްކިތަކަކުން އެއް ވަގުތަކާ އިއްވާނެއެވެ.

ހިއްސާ ކުރައްވާ!