ޢަޤީދާގެ ބަދަލުގައި ކޮމިއުނިސްޓް ފިކުރު ފަތުރަނީ

ޗައިނާގައި ދީނީ އިދާރާތަކުގެ މައްޗަށް ކޮމިއުނިސްޓް ޕާޓީގެ ނުފޫޒު ފޯރުވައި، އެކި ދީންތަކުގެ އުޞޫލުތަކުގެ ބަދަލުގައި ކޮމިއުނިސްޓް އައިޑިއޮލޮޖީ އާންމުކުރުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރިއަށްދާކަމަށް ރިޕޯޓްތައް ބުނެފިއެވެ. މިއީ ދީނީ މިނިވަންކަމަށް އަރައިގަތުމުގެ ޢަމަލެއްގެ ގޮތުގައި ދީނީ ޖަމާޢަތްތަކުން ސިފަކުރެއެވެ.

ޗައިނާ ސަރުކާރުން ގެންގުޅޭ "ސައިނިސައިޒޭޝަން" ނުވަތަ ދީންތައް ޗައިނާގެ ސަގާފަތާއި ސިޔާސީ ފިކުރާ އެއްގޮތްކުރުމުގެ ސިޔާސަތުގެ ދަށުން، ކިޔަވައިދޭ ދީނީ ދަރުސްތަކާއި އުޞޫލުތައް ދަނީ ބަދަލުކުރަމުންނެވެ. މީގެ ތެރޭގައި ކޮމިއުނިސްޓް ޕާޓީގެ ޝިއާރުތަކާއި ރައީސް ޝީ ޖިންޕިންގްގެ ފިކުރު ފައްޅިތަކާއ ިމސިްކިތުގައި ތެރޭގައި އިސްކުރުން ހިމެނެއެވެ. ވެޓިކަންއާއެކު ވެވިފައިވާ އެއްބަސްވުންތަކެއް އޮތް ނަމަވެސް، ބީޖިންގއިން ދަނީ ރޫޙާނީ ކަންކަމަށްވުރެ ދައުލަތުގެ ރަސްމީ ފިކުރަށް އިސްކަންދިނުމަށް ދީނީ ވެރިންނަށް މަޖުބޫރުކުރަމުންނެވެ.

ޗައިނާގައި ތިބި ބައި މަދު މީހުންގެ ދީނީ އިޢުތިޤާދަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޖަމާޢަތްތަކުން ދަނީ ޗައިނާއިން ދީނީ މިނިވަންކަން ހީނަރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލަމުންނެވެ.

ހިއްސާ ކުރައްވާ!