އިންޑިއާގެ އިއާދަކުރަނިވި ހަކަތައިގެ ގާބިލުކަން 300 ގިގަވޯޓަށްވުރެ މައްޗަށް

އިންޑިއާގެ ތިމާވެށްޓާ ރައްޓެހި، ފޮސިލް ފިއުލް ބޭނުން ނުކުރާ ހަކަތައިގެ އުފެއްދުންތެރިކަމުގެ ގާބިލުކަން 300 ގިގަވޮޓު އަށްވުރެ މައްޗަށް ގޮސް، ތާރީހީ ކާމިޔާބީއެއް ހޯދައިފިއެވެ. މިއީ ސާފު ހަކަތައަށް ބަދަލުވުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މީގެ ތެރޭގައި އިރުގެ އަލިންނާއި، ވައިގެ ބާރުން، އަދި ފެނުން ހަކަތަ އުފައްދާ ނިޒާމުތައް ހިމެނެއެވެ.

އިންޑިއާގެ ނިއު އެންޑް ރިނިއުއަބަލް އެނާޖީ މިނިސްޓްރީން ހާމަކުރި ގޮތުގައި، ފާއިތުވި ކުރު މުއްދަތެއްގެ ތެރޭގައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ހާއްސަކޮށް، ސޯލާ އެނާޖީގެ މަޝްރޫއުތައް މުޅި ގައުމުގައި ފުޅާކުރުމަށް ސަރުކާރުން ދެއްވާ އިސްކަމާއި، އަމިއްލަ ކުންފުނިތަކުގެ އިންވެސްޓްމަންޓްތައް އިތުރުވުމަކީ މި އަމާޒަށް ވާސިލުވުމަށް މަގުފަހިވި މައިގަނޑު ސަބަބެވެ. އިންޑިއާގެ އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް 500 ގިގަވޯޓުގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމެވެ.

ތިމާވެށީގެ އަމާޒުތަކަށް ވާސިލުވަމުންދާއިރު، މިއީ ގައުމުގެ އިގްތިސާދީ ކުރިއެރުމަށް ބޭނުންވާ ހަކަތަ ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެކެވެ.

ހިއްސާ ކުރައްވާ!