އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ މަންދޫބު އަދި އޭނާގެ ދަނބި ކޮއެ، ޖެރެޑް ކުޝްނަރ، އަންގަނީ ހަމާސް އިން ފަލަސްޠީނު މިނިވން ކުރުމަށް ގެންގުޅޭ ވިސްނުން ދޫކޮށްނުލާހައި ހިނދަކު އެމރިކާއިން ޣައްޒާ އާބާދު ވިޔަ ނުދޭނެ ކަމަށެވެ.
ކުޝްނަރ ވިދާޅުވީ ޙަމާސްއިން ހަތިޔާރު ބަހައްޓަން ޖެހޭނެ ކަމަށެވެ.
ޔަހޫދީ ޖެނޮސައިޑް މޭސްތިރި ބެންޖަމިން ނަތަންޔާހޫއާއެކު ސައްލާ ކުރުމަށްފަހު ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ކުޝްނަރ ވިދާޅުވީ ޣައްޒާ އާބާދުކުރުމުގެ ޕްލޭނެއް އެމެރިކާ އިން ގެންގުޅޭ ކަމަށެވެ. އަދި އެކަން ކުރިއަށްދާނީ މިނިވަންކަމުގެ ރޫހު އެއްކޮށް ހިންދާލެވިއްޖެކަން ކަށަވަރު ވުމުންނެވެ.
އޭނާ ސިފަ ކުރިގޮތުގައި ޔަހޫދީންގެ އަނިޔާވެރިކަމުން މިނިވަންވން މަސައްކަތް ކުރާ މީހުންނަކީ ޓެރަރިސްޓުންނެވެ،. އަދި ޣައްޒާ އާރާސްތުކޮށްފިނަމަ އަލުން ފަލަސްޠީނު މިނިވަން ކުރަން މަސައްކަތް ކުރާ ހަމާސްފަދަ ޖަމާއަތްތަކުން އެތަން އަނެއްކާވެސް ހަލާކު ކޮށްފާނެއެވެ! އެހެންވެ އެމެރިކާއިން އެކަމަށް ފައިސާ ޚަރަދުކުރަން ބޭނުންނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފަލަސްޠީނުގެ މިނިވަން ދައުލަތެއް ގާއިމް ވިޔަ ނުދިނުމަށާއި ޔަހޫދީ ރެޖީމަށް ޣައްޒާ ދިރުވާ ލެވޭ ގޮތަށް ކަންކަން ފަހިކޮށް ދިނުމަށް އެމެރިކާއިން އިސްވެ އޮވެގެން ރޭވި ސުލްހައިގެ ދަޅައިގައި ކުރިއަށް ގެންދިޔަ މަސައްކަތަށް އަރަބިންނާއި އިންޑޮނޭޝިއާއާއި ޕާކިސްތާނާއި ތުރުކީ ފަދަ އިސްލާމީ ގައުމުތަކުން ވަނީ ތާއީދުކޮށްފައެވެ. ޝަރަމުއްޝެއިޚުގައި ބޭއްވި މި ކަން ދެއްކުމުގެ އެއްބަސްވުމަށްފަހު ޔަހޫދީން ހަމަލަތައް ހުއްޓާލާނެ ކަމަށް ބުނި ނަމަވެސް ޔަހޫދީން ވަނީ ޖެނޮސައިޑު ހިންގުމުގައި ދެމި އޮވެފައެވެ،. އަދި ސުލްހައިގެ ބައްދަލުވުމުގައި އެމެރިކާއަށް ޚުޝާމަދު ކުރި އަރަބިންނާއި މުސްލިމުންނަށް އެކަމާ ދެކޮޅަށް ކުރެވުނު ކަމެއް ނެތެވެ.
ޓްރަމްޕްގެ ޔަހޫދީ ނަސްލުގެ ދަނބިކޮއެ، އިސްރާއީލުގައި ނަތަންޔާހޫއާ ބައްދަލު ކުރީ މިސްރުގެ ވެރިރަށުގައި ޙަމާސްގެ އައު ލީޑަރާ ބައްދަލު ކުރުމަށް ފަހު އެވެ.






