ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތައް ބުނާގޮތުން، ދެ އުޅަންދެއްގައި (ނުވަތަ ދެ ސައިކަލު/ކާރުގައި) އެއް ނަންބަރު ބޯޑެއް ބޭނުންކުރުމަކީ ކުށެކެވެ. އެފަދަ ހާލަތެއްގައި އެކްސިޑެންޓެއް ހިނގައިގެން ނުވަތަ ޓްރެފިކް ގަވާއިދާ ޚިލާފުވެގެން ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ފިޔަވަޅު އަޅަން ޖެހެ އެވެ.


އުޅަނދުގެ ތަފާތު ދެނެގަތުން:
ފުލުހުން އުޅަނދު ފާސްކުރާއިރު ބަލާނީ ހަމައެކަނި ނަންބަރު ބޯޑަކަށް ނޫނެވެ. އުޅަނދުގެ އެންޖިން ނަންބަރާއި ޗޭސިސް ނަންބަރު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ސިސްޓަމާ އަޅާކިޔާނެއެވެ.
އަސްލު އުޅަނދާއި ފޭކު އުޅަނދު ވަކިކުރުން:
ތަހުގީގުން ސައްހަ ރަޖިސްޓްރީ އޮތް އަސްލު އުޅަނދަކީ ކޮބައިކަމާއި، ގަވާއިދާ ޚިލާފަށް ނަންބަރު ބޯޑު ހަރުކޮށްގެން ދުއްވި އުޅަނދަކީ ކޮބައިކަން ހޯދާނެއެވެ. ހޯދަން ވާނެއެވެ.
ޖޫރިމަނާ ކުރުން:
ޓްރެފިކް ކުށުގެ ޖޫރިމަނާ: ޓްރެފިކް ގަވާއިދާ ހިލާފުވި ކުށުގެ ޖޫރިމަނާ ކުރެވޭނީ އެ ވަގުތު އުޅަނދު ދުއްވަން އިން ޑްރައިވަރަށެވެ. މި ހާލަތުގައި ޖޫރިމަނާ ދައްކަނީ ކޮން ކާރަކުން ބާވައެވެ؟
ގަވާއިދާ ހިލާފަށް ނަންބަރު ބޯޑު ބޭނުންކުރުން: ފޭކު ނަންބަރު ބޯޑު ހަރުކޮށްގެން ދުއްވި އުޅަނދުގެ ވެރިފަރާތާއި ޑްރައިވަރު، ގަވާއިދާ ޚިލާފަށް ރަޖިސްޓްރީ ބޭނުންކުރުމުގެ ކުށުގައި ވަކިން ޖޫރިމަނާކުރާނެއެވެ.
އުޅަނދުގެ ވެރިފަރާތް: އަސްލު އުޅަނދުގެ ވެރިފަރާތް އެ ކުށުގައި ބައިވެރިނުވާކަން (އޭނާގެ ނަންބަރު ބޯޑު ކޮޕީކޮށްގެން އުޅޭކަން) ސާބިތުވެއްޖެނަމަ، މަކަރާއި އޮޅުވާލުމުގެ ކުށަށް އޭނާއަށް އެއްވެސް ޖޫރިމަނާއެއް ނުހިންގާނެއެވެ.
ޖިނާއީ ތަހުގީގު:
އެއް ނަންބަރެއް ދެ އުޅަނދުގައި ބޭނުންކުރުމަކީ މަކަރާއި ހީލަތް ހެދުމުގެ އިތުރުން ސައްހަނޫން ލިޔެކިއުން ބޭނުންކުރުން ކަމަށްވާތީ، އެއީ ޖިނާއީ މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގުކޮށް ޝަރީއަތަށް ފޮނުވާނެ ކުށެކެވެ. މިކަން ކުރާނެ ބާވައެވެ؟
އުޅަނދު ހިފެހެއްޓުން:
ގަވާއިދާ ހިލާފަށް އެއް ނަންބަރު ބޯޑެއް ހަރުކޮށްގެން ދުއްވި އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުގީގު ނިމެންދެން ހިފަހައްޓަން ވާނެއެވެ!
މިނިސްޓަރ މުހައްމަދު ސައީދު ގެ ސަމާލުކަމަށް މި.މައސަލަ ވަނީ ގެނެސްފަ އެވެ. ސައީދު މިކަމާ ބެހޭ ގޮތުން ޖަވާބެއް ނުދެއްވައެވެ.


