އެމެރިކާގެ ނާއިބް ރައީސަށް ރިއާސީ އިންތިޚާބުގައި ނުރައްކާ ކުރާނެ މީހަކީ އަބްދުލް ސައްޔިދު!

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް، މީޝިގަން ސްޓޭޓުން އެމެރިކާގެ ސެނެޓަށް ވާދަކުރައްވާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަބްދުއް ސައްޔިދު ނުވަތަ ޢަބްދުއްރަޙްމާން އަލްސައްޔިދުއާ މެދު ދެކެނީ އޭނާ ވައިޓް ހައުސްއަށް ވަނުމަށް ހުރަހަކަށް އަބްދުއް ސައްޔިދު ވެދާނެ ކަމަށެވެ.

ޖޭޑީ ވެންސް ވަނީ އަބްދުލްއަށް ހޫނު ހަމްލާތަކެއް އަމާޒުކުރައްވައި، ކުރިއަށްއޮތް ނޮވެމްބަރު މަހުގެ އިންތިޚާބުގައި އޭނާއަށް ވޯޓު ނުދިނުމަށް އާންމުންނަށް ގޮވާލައްވައި އޭނާއާ ދެކޮޅަށް ކެމްޕޭނެއް ފަށްޓަވާފައެެވެ.

މީޝިގަންގެ ސްޓާލިންގ ހައިޓްސްގައި ބޭއްވި ޓްރަމްޕްގެ ހަރުކަށި ސަޕޯޓަރުންގެ ހަރަކާތުގެ ކެމްޕޭން އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވެންސް ވަނީ އަބްދުލް އައްސަޔިދަކީ އެމެރިކާގެ މަސްލަހަތުތަކާ ދެކޮޅަށް މަސައްކަތްކުރައްވާ، އަދި "ނުރައްކާތެރި އުސޫލުތަކަކަށް" ތާއީދުކުރައްވާ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އޭނާގެ ބަދަލުގައި ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޯޖާސް ސެނެޓަށް އިންތިޚާބު ކުރުމަށް ވެންސް ވަނީ އެދިވަޑައިގެންފައެވެ.

ވެންސްގެ ވާހަކަފުޅުގައި އަބްދުއް ސައްޔިދަށް ތުހުމަތު ކުރެއްވީ އޭނާއަކީ މުސްލިމެއް ކަމަށާއި އަދި އެއީ އެމެރިކާއަށް ނަފްރަތުކުރާ މުސްލިމުންނަށް ހަމްދަރުދީވެ، ނަސްލީ އަދި ދީނީ ގޮތުން އެމެރިކާގެ ރައްޔިތުން ބައިބައިކޮށް އިސްލާމީ ޝަރީއާ އެމެރިކާގައި ތަންފީޒު ކުރުމަށް މަސައްކަތް ކުރައްވާން އުޅުއްވާ ބޭފުޅެއް ކަމަށެވެ.

މީގެ އިތުރުން، 11 ސެޕްޓެމްބަރުގެ ހަމްލާތަކާ ގުޅޭގޮތުން އޭނާގެ ކެމްޕޭނު ޓީމުގެ ބައެއް މީހުން ދައްކާފައިވާ ވާހަކަތަކަށާއި، ގަވާއިދާ ޚިލާފަށް އުޅޭ މުހާޖިރުންނަށް ޑްރައިވިންގ ލައިސަންސް ދިނުމަށް ތާއީދުކުރާ މައްސަލައަށް ވެސް ވެންސް ފާޑުވިދާޅުވިއެވެ. އަދި އަބްދުއް ސައްޔިދު އޭނާގެ އިންޑިއާ އަންހެނުންނާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައިވާ ކަމަށާއި އޭނާގެ އަނބިކަނބަލުންގެ ނަން ސިޔާސީ ވާހަކަތަކުގެ ތެރެއަށް ނުވައްދައި ދުރުގައި ބެހެއްޓެވުމަށް ވެސް ވެންސް ވަނީ އެދިވަޑައިގެންފައެވެ.

މި ހަމްލާތައް އައިސްފައިވަނީ މިޞްރުގެ ނަސްލަށް ނިސްބަތްވާ އަދި ދިމޮކްރެޓިކް ޕާޓީގެ ޕްރޮގްރެސިވް ފިކުރުގެ ޑޮކްޓަރެއް ކަމަށްވާ އަބްދުއް ސައްޔިދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވަނިކޮށެވެ.

ޓްރަމްޕް ވަނީ މިޝިގަންގައި މަގްބޫލުކަން ހޯދާފައިވާ މި ކެންޑިޑޭޓަކީ "ހަގީގަތާ ދުރު، ގައުމަށް ހުރި ނުރައްކަލެއް" ކަމަށް ސިފަކުރައްވާފައެވެ. މީޝިގަންގެ ސެނެޓް ގޮނޑިއަކީ އިގްތިސާދާއި، މުހާޖިރުންގެ މައްސަލަތަކާއި، އަދި ގައުމީ ސަލާމަތާ ގުޅޭގޮތުން ދެ ޕާޓީގެ މެދުގައި ވަރަށް ވާދަވެރި މައިދާނަކަށް ވެފައިވާ ގޮނޑިއެކެވެ.

ހިއްސާ ކުރައްވާ!