ޔޫރަޕް ފިނި މޫސުމާ ކުރިމަތިލާ އިރު ތެލާއި ގޭސް ތަދުމަޑުކަމެއް ކުރިމަތި ވެފައިވޭ

ޔޫރަޕްގެ ޤައުމުތައް ފިނި މޫސުމާ ކުރިމަތިލަނީ ފާއިތުވި 15 އަހަރުގެ ތެރޭގައި ވެސް ރިކޯޑުކުރެވިފައި ނުވާހާ ދަށް މިންވަރަކަށް ގޭހާއި ތެލުގެ ރިޒާވް ދަށް ވެފައި ވަނިކޮށެވެ. ޓްރަމްޕް މެދުއިރުމަތީގައި ހަމަނުޖެހުން އުފައްދައި ހުރުމުޒު ކަނޑުއޮޅިން އުޅަނދުގެ ދަތުރު ފަތުރަށް ހުރަސް އެޅުމަށް ކުރާ މަސައްކަތާ ގުޅިގެން ހަކަތައިގެ ސަޕްލައިއަށް އައިސްފައިވާ ތަދުމަޑުކަމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލާއި އަގު ވަނީ މައްޗަށް ގޮސްފައެވެ.

ކާނާއާ ބެހޭ އދގެ ޖަމުއިއްޔާ އެފްއޭއޯއާއި ބައިނަލްއަޤުވާމީ މާހިރުން ހާމަކުރާގޮތުގައި، އޫރަޕްގެ ޤައުމުތަކުގައި މިވަގުތު ތެލާއި ގޭސް ރައްކާކުރެވިފައި ހުރީ އެންމެ 65.6 އިންސައްތައިގެ މިންވަރަކަށެވެ. މިއީ ކުރިއަށް އޮތް ފިނި މޫސުމުގައި ޤައުމުތަކަށް ކުރިމަތިވެދާނެ ކުއްލި ނުރައްކާތަކުން ސަލާމަތް ވުމަށް އޮތް ރައްކާތެރިކަމުގެ މިންގަނޑު ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމެކެވެ. ޚާއްޞަކޮށް ވައިގެ ޙާލަތު އިންތިހާއަށް ގޯސްވެއްޖެނަމަ ނުވަތަ ސަޕްލައި ޗޭނަށް އިތުރު ލޮޅުމެއް އަތުވެއްޖެނަމަ ޙާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމަށް ތަޖުރިބާކާރުން އިންޒާރުދެއެވެ.

ފާއިތުވި ދެ މަހެއްގެ ތެރޭގައި އެކަނިވެސް ގޭހުގެ އަގު ވަނީ 75 އިންސައްތައަށްވުރެ ބޮދަށް މައްޗަށް ގޮސްފައެވެ. މިއީ ހުރުމުޒު ކަނޑުއޮޅިއަށް ކުރިމަތިވެފައިވާ އެމެރިކާގެ ހަމަލަތަކާއި ސޮލީބީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ތެލާއި ގޭސް ފޯރުކޮށްދިނުމުގައި ދިމާވެފައިވާ ގިނަ ގޮންޖެހުންތަކާ ގުޅިގެން ދިމާވެފައިވާ ކަމެކެވެ.

މި މައްސަލައާ ގުޅިގެން ވާހަކދައްކަވަމުން ޔޫރަޕިއަން ކޮމިޝަންގެ އޮފިޝަލުން ވިދާޅުވީ، ޤައުމުތަކުގައި މިވަގުތު ހުރި ރައްކާކުރެވިފައިވާ މިންވަރަށް ބަލާއިރު، ކުއްލިއަކަށް ގޭސް ހުސްވުމުގެ ބިރެއް ނެތް ކަމަށެވެ. ނަމަވެސް ނެދަލަންޑްސް އަދި ޖަރުމަނުވިލާތް ފަދަ ޤައުމުތަކުން ބުނެފައިވަނީ، އެ ޤައުމުތަކުން ކަނޑައަޅާފައިވާ އަމާޒާ އެއްގޮތަށް ގޭސް ރައްކާކުރުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

ހިއްސާ ކުރައްވާ!