ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ދެ ސަރަހައްދެއްގައި ހުންނަ އިމާރާތްތަކެއްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާތަކެއް ހިނގައިފިއެވެ. މި ހާދިސާތަކާ ގުޅިގެން ސިފައިންނާއި އަލިފާން ނިއްވާ ފަރާތްތަކުން ވަނީ ވަގުތުން ޙަރަކާތްތެރިވާން ފަށާފައެވެ.
ފަޔަރ ސަރވިސް އެންޑް ސިވިލް ޑިފެންސްގެ ކޮންޓްރޯލް ރޫމުން ހާމަކޮށްފައިވާ ގޮތުގައި، ޑާކާގެ ޑާމޮންޑީ ގައި ހުންނަ ހަ ފަންގިފިލާގެ އިމާރާތެއްގެ ދެވަނަ ފަންގިފިލާގެ ފައިވާން ފިހާރައެއްގެ ޝޯރޫމުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މިއަދު ހެނދުނު 10:05 ހާއިރެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އަލިފާން ނިއްވާ ހަތަރު ޔުނިޓެއް ވަނީ އެ ސަރަހައްދަށް ގޮސް އަލިފާންގަނޑު ކޮންޓްރޯލު ކުރުމުގެ މަސައްކަތް ފަށާފައެވެ.
މި ހާދިސާ ހިނގިތާ ކުޑަވަގުތުކޮޅެއްގެ ފަހުން، 11:05 ހާއިރުމޮހާކާލީގައި ހުންނަ އެހެން އިމާރާތެއްގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މި ސަރަހައްދުގައި އަލިފާން ނިއްވުމަށް ސިފައިންގެ ތިން ޔުނިޓަކުން ދަނީ ޙަރަކާތްތެރިވަމުންނެވެ. މި ދެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް ދެނެގަނެވިފައި ނުވެއެވެ.
ޑާކާގައި އިންތިޚާބީ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ދަނީ އެމީހުންގެ އިހުތިޖާޖުތައް ވެސް ވަރުގަދަ ކުރަމުންނެވެ.






