ޖޭޑީ ވެންސް ވެރިކަމަށް ގެންނަން ޓްރަމްޕް ބޭނުމެއް ނޫން!

އެމެރިކާގައި 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވުމަށް ނައިބު ރައީސް ޖޭ ޑީ ވެންސަށް ތާޢީދުކުރައްވަްނ އަދި ބޭނުންފުޅު ނުވާ ކަމަށް ޓްރަމްޕް ވިދާޅުވެއެވެ.

އަޔަރލެންޑުން ފުރައިވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވެޓްރަމްޕް ވިދާޅުވީ، 2028 ވަނަ އަހަރުގެ އިންތިޚާބާ މެދު ވާހަކަދެއްކުމަށް އަދި މާ އަވަސް ކަމަށެވެ. މީގެ އިތުރުން، ވެންސާ އެކުގައި ވާދަކުރައްވަފާނެ ކަމަށް ލަފާކުރެވޭ އެހެން ފަރާތްތަކާ ގުޅޭގޮތުން ސުވާލުކުރުމުން، ޓްރަމްޕް ވިދާޅުވީ ވާދަކުރައްވަން ތއްޔާރަށް ތިއްބެވި ހުރިހާ ބޭފުޅުންނަކީވެސް ވަރަށް ޤާބިލު ބޭފުޅުން ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ޑަލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ކޮންގްރެސްގެ މަންދޫބުން ވަނީ ޖޭ ޑީ ވެންސަކީ އެމެރިކާގެ ކުރިއަށް އޮތް ރިއާސީ ކެންޑިޑޭޓްގެ ގޮތުގައި މަރުޙަބާ ކިޔާފައެވެ. އެ ޖަލްސާގައި ބައިވެރިން ވަނީ ވެންސަށް ތާޢީދުކޮށް، "ސާޅީސް އަށްވަނަ" ރައީސްގެ ޝިއާރާއެކު އަޑުއުފުލާފައެވެ.

މިކަމާ ގުޅިގެން ވެންސް ވިދާޅުވެފައިވަނީ، އެންމެ ފުރަތަމަ ނޮވެމްބަރު މަހު އޮންނަ ކޮންގްރެސްގެ މިޑް ޓާމްގެ އިންތިޚާބުގެ ކަންކަން ނިންމަންޖެހޭ ކަމަށާއި، އޭގެ ފަހުގައި ނޫނީ ކުރިއަށް އޮތް ކަންކަމާމެދު ވިސްނަން ނުޖެހޭ ކަމަށެވެ. މިދިޔަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުވެސް ޓްރަމްޕް ވަނީ ވެންސަށް ތާޢީދު ނުކުރައްވާނެ ކަމަށް ހާމަކުރައްވާފައެވެ.

ހިއްސާ ކުރައްވާ!