އެމެރިކާ: ދަބަރު ޖަހާފައިވާ ދުނިޔޭގެ ބޮޑު ބާރު

އެމެރިކާގެ އަސްކަރީ ޤާބިލުކަމާއި ސްޓްރެޓެޖީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން އެ ޤައުމުގެ ސިފައިންގެ ހިންގުންތެރިކަމއި ހަތިޔާރުގެ ގުދަންތަކުގެ ހާލަތުން ހާމަވެއްޖެއެވެ.

ފާއިތުވި ދުވަސްތަކުގައި ހިނގާފައިވާ ކަންކަމަށް ބަލާއިރު، ވޮޝިންޓަނުން ގެންގުޅޭ އަސްކަރީ ސްޓްރެޓެޖީއާއި ވަޒަނާއި ހަތިޔާރުގެ ދަތިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ޚާއްސަކޮށް، ވައިގެ ދިފާޢީ ނިޒާމުތަކަށް ބޭނުންވާ މިސައިލާއި ހަތިޔާރުގެސްޓޮކް މަދުވަމުންދާ ކަމަށް އެމެރިކާގެ މީޑިއާއިން ރިޕޯޓު ކޮށްފައި ވެއެވެ. ރިޕޯޓުތައް ބުނާގޮތުން، އެމެރިކާގެ ޕެޓްރިއަޓް މިސައިލްގެ ސްޓޮކް ވަނީ ކުރިއާ އަޅައިބަލާއިރު ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިއީ ހަމައެކަނި ސަޕްލައި ޗޭނަށް ދިމާވި މައްސަލައެއް ނޫން ކަމަށާއި، މިއީ ސިނާޢީ ގޮތުން ކުރިމަތިވެފައިވާ ނުކުޅެދުންތެރިކަމެއް ކަމަށް އަސްކަރީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރެއެވެ.

މި މައްސަލަ އިތުރަށް ގޯސްވެގެންދިޔައީ ސިފައިންގެ އިންސާނީ ޤާބިލުކަމާއި އުފުލަންޖެހޭ ބުރަ ބޮޑުވުމުންނެވެ. ދިގު މުއްދަތަކަށް ކަނޑުމަތީގައި ހަރަކާތްތެރިވާންޖެހޭ އެމެރިކާގެ އެންމެ ޒަމާނީ ބޯޓުފަހަރާއި އޭގެ ސިފައިންނަށް ކުރިމަތިވެފައިވާ  ގޮންޖެހުންތަކާއި ވަރުބަލިކަމުގެ ސަބަބުން، ދުނިޔޭގެ މައިދާނުގައި އެ ޤައުމުގެ ބާރުވެރިކަން ދެމެހެއްޓުމަށް ވަނީ ހުރަސްއެޅިފައެވެ. މީގެއިތުރުން، އެމެރިކާގެ އަމިއްލަ ޓެކްނޮލޮޖީއާއި ޖާސޫސީ އާލަތްތައް ނުރައްކާތެރި ހާލަތްތަކުގައި ގެއްލި، ނުވަތަ އެހެން ފަރާތްތަކުގެ ހަމަލާތަކުެގ އަމާޒަށް ވެހެން ދިއުމަކީ އެ ޤައުމުގެ އަސްކަރީ ސްޓްރެޓެޖީއަށް ލިބުނު ބޮޑު ނާކާމިޔާބީއެކެވެ.

މިކަމާ ގުޅޭގޮތުން ވާހަކދައްކަވަމުން ސިޔާސީ އަދި އަސްކަރީ މާހިރުން ވިދާޅުވަނީ، ވޮޝިންޓަނަށް މިހާރު ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހަމައެކަނި ހަތިޔާރުގެ އަދަދު މަދުވުން ނޫން ކަމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެ ޤައުމުގެ އަސްކަރީ ޤާބިލުކަން ދެމެހެއްޓޭނެ ސްޓްރެޓެޖީއެއް މިހާރު ނެތުން ކަމުގައެވެ.

ހިއްސާ ކުރައްވާ!