ޣައްއޒާގެ ޖެނޮސައިޑްގައި ބޭނުންކޮށްފައިވާ އޭއައި ސޮފްޓްވެއަރތައް އުފައްދައި ދިން ޕެލަންޓިއާ ކުންފުނީގެ ސީ.އީ.އޯ ޔަހޫދީ ބޭފުޅެއް ކަމަށްވާ އެލެކްސް ކާޕް ސުވިޑަންގެ ބޮޑު ޖަންގައްޔެއް ގަނެއފިއެވެ. އަދި އެއާއެކު ސުއިޑްން މީހުންނަށް އެ ޖަންގަލީގައި ޝިކާރަ ކުރުން މަނާ ކޮށްފިއެވެ.
ޔަހޫދީ ބޭފުޅާ ކަމަށްވާ އެލެކްސް ކާޕް އަކީ އެމެރިކާގެ ޑިފެންސް އަދި ޑޭޓާ އެނަލިޓިކްސް ކުންފުނި ޕެލަންޓިއާ ގެ ސީ.އީ.އޯ އެވެ.
ސުވިޑަންގެ ހާޖެޑާލެން ސަރަހައްދުން ރަސްމާލޭގެ ތިން ގުނަ ބޮޑު 15،000 ހެކްޓަރު (37،000 އޭކަރު) ގެ ބޮޑު ޖަންގައްޔެއް މި ޔަހޫދީ ބޭފުޅާ ވަނީ ބައްލަވައިގެންފިއެވެ. އޭނާ ވަނީ އެކަމަށް ގާތްގަނޑަކަށް 22 މިލިއަން އެމެރިކާ ޑޮލަރު (235 މިލިއަން ސުވިޑިޝް ކްރޯނާ) ގެ ވިޔަފާރި މުއާމަލާތެއް ހިންގާފައެވެ.
މީހުން މައްސަލަ ޖައްސަނީ އެ ސަރަހައްދުގައި ޒަމާނުއްސުރެ ޝިކާރަކުރަމުންދިޔަ މީހުންނަށް އެ ބިމަށް ވަނުން މަނާ ކުރުމުންނެވެ.
މި ބިން ބައްލަވައިގެންފައިވަނީ ކާޕްގެ އަލަށް ރަޖިސްޓްރީކުރި ކުންފުނި "ކްލެޑޯނިއާ ސްކޮގް އޭ.ބީ" މެދުވެރިކޮށެވެ.
ސުވިޑަންގެ ނޫހެއް ކަމަށްވާ "ޓިޑްނިންގެން ހާޖެޑާލެން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސްޓޯރސްޖޯ ކަޕެލް އަވަށުގެ ދެކުނުގައި އޮންނަ މި ޖަންގަލި ސަރަހައްދުގައި ޝިކާރަކުރުމަށް ދީފައިވާ ހުއްދައިގެ އެއްބަސްވުންތައް އުވާލާފައިވާކަން އެ ސަރަހައްދުގެ ޝިކާރަކުރާ ފަރާތްތަކަށް ސިޓީ މެދުވެރިކޮށް ކަމާ ބެހޭ ފަރާތުން ވަނީ އަންގާފައެވެ.
ކުރިން މި ޖަންގަލީީ މިލްކުކުރީ ކަރުދާސް އުފައްދާ ކުންފުނި "ސުވެންސްކާ ސެލިއުލޯސާ އަކްޓިއެބޮލަގޭޓް" (އެސް.ސީ.އޭ) އިން ނެވެ.
އެސް.ސީ.އޭ ގެ ތަރުޖަމާނު ރޮބަޓް އޮސްތޮލްމް ވިދާޅުވި ގޮތުގައި، އެ ޖަންގަލީ އެހެން ފަރާތަކަށް ވިއްކާލުމާ ގުޅިގެން، އިތުރަށް ޝިކާރަކުރުމުގެ ހުއްދަ ދިނުމުގެ ޤާނޫނީ ބާރު ލިބިގެންވާނީ ޔަހޫދީ ބޭފުޅާއަށް ކަމަށެވެ.
މި ޖަންގައްޔަކީ ގަސްގަހާގެއްސާއި ޖަނަވާރުތަކަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދޭނެ ތަނެކެވެ.
އެލެކްސް ކާޕްގެ ކުންފުނި ޕެލަންޓިއާ އަކީ ސުވިޑަންގެ ދިފާއީ މުއައްސަސާތަކާއި ސިފައިންނާ ގުޅިގެން ޓެކްނޮލޮޖީގެ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެކެވެ.
ސުވިޑަންގެ އަސްކަރީ އަދި ދިފާއީ ދާއިރާގައި ޕެލަންޓިއާގެ ނުފޫޒު ބޮޑުވަމުންދާއިރު، އެމެރިކާގެ ޓެކްނޮލޮޖީއަށް ބަރޯސާވުން ކުޑަކުރުމަށް ވިލާތުގެ ޤައުމުތަކުން ކުރަމުންދާ މަސައްކަތުގެ ތެރޭގައި، ޔޫރަޕްގެ އިއްތިހާދުން މި ކުންފުނީގެ ޚިދުމަތްތައް ބޭނުންކުރަމުންދާތީ ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ.
ޔަހޫދީ ބޭފުޅާ މި ޖަންގަލި ބައްލަވައިގަތުމުގެ ސަބަބުން ސުވިޑަންގެ އާންމުންގެ މެދުގައި ބަހުސްތައް ފެށިފައި ވއެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ ސުއިޑްންގެ ޖަންގަލި ސުއިޑްން މީހުންނަށް ކަމަށް ބުނެ ކަންމަތީ މުޒާހަރާތައް ބާއްވަން ވިސްނާފައެވެ.




