އިނގިރޭސިވިލާތުގެ މަގުތަކުގައި ބާއްވަމުންދާ ފަލަސްޠީނަށް ތާއީދުކުރާ ބޮޑެތި މުޒާހަރާތައް ކޮންޓްރޯލު ކުރުމަށް އަވަސް ފިޔަވަޅުތަކެއް ނޭޅުމުގެ ސަބަބުން، އެ ގައުމުގައި ޔަހޫދީންނަށް އަމާޒުކޮށް ދޭ ނަފްރަތުގެ ހަމަލާތަކާއި އަނިޔާވެރިކަން އިތުރުވެގެން ގޮސްފައިވާ ކަމަށް އިނގިރޭސިވިލާތުގެ ކުރީގެ ހޯމް ސެކްރެޓަރީ ސުއްލާ ބްރެވަރމަން ތުހުމަތު ކުރައްވައިފިއެވެ.
ސުއްލާ ވަނީ، އިސްރާއީލާ ދެކޮޅު މުޒާހަރާތަކާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އޭރުގެ ބޮޑުވަޒީރު ރިޝީ ސުނާކް ދެކޮޅު ހެއްދެވި ކަމަށް ބުނެފައެވެ. ސުއްލާ ސިފަކުރެއްވި ގޮތުގައި، ކޮންމެ ހަފްތާއަކު ލަންޑަންގެ މަރުކަޒީ ސަރަހައްދުތައް ހުއްޓުމަކަށް ގެންނަ މި މުޒާހަރާތައް މަނާކުރުމަށް ސުނާކް ފަސްޖެހިވަޑައިގަތުމަކީ އޭނާގެ ނިކަމެތިކަން ހާމަވި ކަމެކެވެ.
ސުއްލާ ވަނީ ސުނާކްގެ ސަރުކާރުން ފަހުން ވަކިކޮށްފައެވެ.
އަދި މިއަހަރުގެ ކުރީކޮޅު ސުއްލާ ވަނީ ނައިޖެލް ފަރާޖްގެ ކޮންސަވޭޓިވް ވާދަވެރި ރިފޯމް ޔޫކޭ ޕާޓީއާ ގުޅިފައެވެ. އޭނާއަކީ މުސްލިމުންނާ ދެކޮޅަށް ވާހަކަ ދައްކާ މީހެކެވެ.




