އަޒުމު ގުޑުވައެއް ނުލެވޭނެ: މަހްރަންގް ބަލޫޗް

ޕާކިސްތާނުގެ ޖަލެއްގައި އުމުރަށް ޙުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ބަލޫޗީންގެ އިންސާނީ ޙައްޤުތަކުގެ އެކްޓިވިސްޓް ޑރ. މެހްރަންގް ބަލޫޗް، ވިދާޅުވަނީ ޖަލަށްލުމަކީ އޭނާގެ ޢަޒުމަށް އައި ލޮޅުމެއް ނޫން ކަމަށާއި، ބަލޫޗިސްތާނުގައި ހިންގާ ނިޒާމުން މީހުން ގެއްުވައި ލުމުގެ މައްސަލަތަކާއި އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަވާނެ ކަމަށެވެ.

ޕާކިސްތާން ހިއުމަން ރައިޓްސް ފައުންޑޭޝަން (އެޗްއާރްއެފް) އިން އާންމުކޮށްފައިވާ ސިޓީއެއްގައި، ނިޒާމުން މީހުން ގެއްުވައިލުމުގެ މައްސަލަތަކާ ދެކޮޅަށް އަޑުއުފުއްލަވަމުން ގެންދަވާ ޑރ. މެހްރަންގް ފާހަގަކުރައްވާފައިވާ ގޮތުގައި، ޓެރަރިޒަމާ ދެކޮޅަށް ހަދާފައިވާ ޤާނޫނުގެ ދަށުން އޭނާއަށް އިއްވާފައިވާ އުމުރު ދުވަހުގެ ދެ ޖަލު ޙުކުމަކީ ސިޔާސީ ބޭނުންތަކެއްގައި ހިންގާފައިވާ ޖަރީމާއެކެވެ.

ޙުކުމް ތަންފީޒުކުރަމުންދާ ހުއްދާ ޖަލުން ލިޔުއްވި މި ސިޓީގައި، އޭނާގެ ބައްޕަ ޣައްފާރު ބަލޫޗް ހައްޔަރުކޮށް މަރާލުމުގެ އިތުރުން، އޭނާގެ ކޮއްކޮ ގެއްުވައިލުމުގެ ސަބަބުން ކުރިމަތިވި ހިތާމަތަކަށް އަލި އަޅުއްވާލައްވާ ފައިވެއެވެ.

ބަލޫޗް ޔަކްޖެހްތީ ކޮމިޓީގެ ބާނީ ކަމަށްވާ ޑރ. މެހްރަންގް ފާހަގަކުރެއްވި ގޮތުގައި، އޭނާގެ މައްޗަށް ހިންގާފައިވާ ޝަރީޢަތްތައް ކުރިއަށް ގެންގޮސްފައިވަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ ޚިލާފަށެވެ. ޝަރީޢަތްތައް ބާއްވާފައިވަނީ ޖަލުގެ ތެރޭގައި ކަމަށާއި، ނޫސްވެރިންނާއި މިނިވަން މޮނިޓަރުންނަށް އެ ތަނަށް ވަނުމުގެ ފުރުޞަތު ދީފައިނުވާ ކަމަށް އޭނާ ތުހުމަތުކުރައްވާފައިވެއެވެ.

ޕާކިސްތާނުގެ ޕްރޮވިންސެއް ކަމަށްވާ ބަލޫޗިސްތާނުގައި ގެއްުލުވާލާފައިލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ސަމާލުކަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސީ ޤައިދީންގެ ބައިނަލްއަޤުވާމީ ދުވަހާ ދިމާކޮށް އެޗްއާރްއެފްއިން ވަނީ ޑރ. މެހްރަންގް މިނިވަންކުރުމަށާއި، އޭނާއަށް ބޭނުންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ގޮވާލާފައެވެ.

ހިއްސާ ކުރައްވާ!