ވިއެޓްނާމްގެ ޑްރެގަން (ނަގޫސޭސަރު) ބްރިޖް

މެދުތެރޭ ވިއެޓްނާމްގެ ހާން ކޯރުގެ މަތިން އަޅާފައިވާ ބްރިޖަކީ، ދެހާސް ފޫޓުގެ ދިގު ބްރިޖެކެވެ. 2013 ވަނަ އަހަރު ހުޅުވާފައިވާ މި ބްރިޖަކީ، ޑާ ނަންގ ސިޓީގެ ފާހަގަ ކުރެވޭ ތަނެކެވެ. މިއީ އެއަރޕޯޓުން ސިޓީއަށް ދަތުރުކުރަން އޮންނަ މައި މަގެކެވެ.

މީހުން އެންމެ ގަޔާވާ އެއްކަމަކީ، މި ބްރިޖްގައި ހަ ލޭން ދަތުރުކުރެވޭ ގޮތަށް ހަމަޖައްސާފައި އޮތުމުން ތޮއް ޖެހުމަކާ ފަސޭހައިން ދަތުރު ނިންމާ ލެވޭ ކަމެވެ.

މި ބްރިޖްގެ މަތިންނާއި ތިރިން ކުލަގަދަ ކޮށް ފެންނާން އޮންނަނީ ޑްރެގަން އެކެވެ. ދިވެހިން މިއަށް ނަގޫސޭސަރޭވެސް ކިޔައި އުޅޭ ކަމަށް ވެއެވެ.

މިގަނޫސޭސަރު، ގަދަ އޮރެންޖް ކުލައިނ ބްރިޖްގެ މަތިންނާއި ބްރިޖްގެ ދަށުން ފެނެއެވެ. މި ސޮރުގެ ކުލަ މަޖާކަން ފެންނަނީ ރޭގަނޑަށެވެ.

މިސޮރަށް އަލި އަޅުވާފައި ހުންނަ ގޮތުން ދިރޭ ހެންވެސް ބައެއް ރޭރޭ ހީވެއެވެ. އަދި އެކި ރޭ ރޭ، މި ސޮރުގެ އަނގައިން ދުމާއި އަލިފާން ބޭރުވާ ގޮތްވެސް ހަދައެވެ.

މި ބްރިޖް ވެފައި ވަނީ މިހިސާބުގެ ފަތުރުވެރިކަމުގެ މުހިންމު އަދި ހިތް ގައިމު ތަނަކަށެވެ.

ޑާ ނާންގ އަކީ ދެކުނު ޗައިނާ ކަނޑަށް އޮންނަ ބަނދަރުމަތީ ރަށެކެވެ. އަދި މިއީ ވިއެޓްނާމްގެ ފަސްވަނައަށް އެންމެ މީހުން ގިނަ ސިޓީއެވެ.

ހިއްސާ ކުރައްވާ!