އެންމެ ދިގު ބިމު އަޑީ މަގު ހައިދަރްއާބާދުގައިި

އިންޑިއާގައި ހަދާ ބިމު އަޑީގެ އެންމެ ދިގު ހައިވޭ ހައިދަރުއާބާދުގައި ހެދުމަށް ނިންމައިފިއެވެ. ހަތަރު ލޭން ހިމެނޭ މި ޓަނަލް ގެ ދިގު މިނަކީ ދިހަ ކިލޯމީޓަރެވެ.

ހައިދަރްއާބާދު ސަރުކާރުން ބުނާ ގޮތުން މި ހައިވޭ ކޮނެގެން ހެދުމުގެ ސަބަބުން މަގު ހެދުމަށް މިހިސާބުން ދޮޅުހާސް ގަސް ކެނޑުމުން ސަލާމަތް ވާނެއެވެ. މީގެ އިތުރުން މި މަގު ދަތުރުކުރާ ސަރަހައްދަކީ ޚާއްސަ ސެކިއުރިޓީ ސަރަހައްދެއްކަމުން މިތާގައި އެއްވެސް ގަހެ ނުއުފުރުމަށާއި ބްރިޖެން ނުއެޅުމަށް ސަރުކާރުން ވަނީ އަންގާފައެވެ.

އިންޑިއާގެ މިހާރުގެ ބިމު އަޑީގެ އެންމެ ދިގު މަގަކީ ސްޔަމާ ޕްރަސާދު މުކަރްޖީ ޓަނެލްއެވެ. އެއީ 9.20 ކިލޯމީޓަރު ދިގު ޓަނެލެކެވެ. ކަޝްމީރު ގެ އެހެން ހިސާބުތަކަށް ކަޝްމީރު ގުޅުވާލައެވެ.

ހިއްސާ ކުރައްވާ!