ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމަށް ވަޒިރު އާދަމް ޝަރީފް އުމަރު ވިދާޅުވެއެވެ. އާދަމް ޗަރީފް އެގޮތަށް ވިދާޅުވީ، އޮޕަރޭޝަން “ކުރަނގި”ގެ ދެވަނަ ފިޔަވަހި ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ވަޒިރު ވިދާޅުވީ، ކައުންސިލްތަކަކީ ރައްޔިތުން އެދޭފަދަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭ އަދި ރައްޔިތުން ބަލައިގަންނަ އިދާރާތަކަށް ހެދުމުގެ މަސައްކަތް ކުރަންޖެހިފައިވާކަމަށެވެ. އެގޮތުން ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީން މިހާރު ކުރިއަށްގެންދާ ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމާ ގުޅޭ ދިރާސާގެ ނަތީޖާ އަންނަ މަހުގެ މެދު ތެރޭގައި ލިބުމުން ވަރަށް ގިނަކަން ހާމަވެގެން ދާނެ ކަމަށް ވަޒިރު ވިދާޅުވިއެވެ. އަދި އެ ދިރާސާގެ އަލީގައި ކައުންސިލްތަކާއި ކްލަބް ޖަމްޢިއްޔާތަކާއި އާންމު ރައްޔިތުން ބައިވެރިކޮށްގެން މަޝްވަރާއަށް ހުޅުވާލާނެ ކަމަށް ވިދާޅުވިއެވެ.
“ދައުލަތުގެ މުއައްސަސާތަކުން ކައުންސިލަށް ހަވާލުކުރެވޭ ކޮންމެ މަސައްކަތެއް ކުރުމަކީ އެއީ ކައުންސިލިތްތަކުން ކުރަން ޖެހޭ ކަމެއް. އެ ކުރަން ޖެހޭ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތަކާއި އެހީތެރިކަން ލިބިގެން ކަންކަން ކުރެވިގެންދާއިރު އެކަންކަން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތުން ކުރަމުން ދާ މަސައްކަތްތަކެއް.” އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.
ކައުންސިލުތަކުން ދޭ ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި، ސަރުކާރުން ގެންދަނީ 50 ކައުންސިލެއްގެ އޮފީސް ބިނާ ކުރުމަށް މަސައްކަތް ކުރަމުންނެވެ.