އީރާން ދެކެ ބިރުން ޔަހޫދީ ޒަޔަނިސްޓުން މަރުފަލި ޖަހަނީ

އީރާނުން ދީފާނެ ބަދަލު ހިފުމެއްގެ އިންތިޒާރުގައި ޒަޔަނިސްޓުން ތިބޭއިރު، ބޭރު ޤައުމުތަކުގެ ތިބޭ އިޒްރޭލު ޑިޕްލޮމެޓުން އިޒްރޭލުގެ ދިފާއުގައި ވާހަކަ ދައްކަންވީ ގޮތުގެ އަތް މަތީ ފޮތެއް ތައްޔާރުކޮށްފަ އިޒްރޭލު ޚާރިޖީ ވުޒާރާއިން އެމްބަސީތަކަށް ފޮނުވައިފިއެވެ. ޒަޔަނިސްޓް މީޑިއާ ބުނާ ގޮތުން މި ފޮތް ތައްޔާރުކޮށްފައި ވަނީ އެތައް ބައްދަލުވުމެއް ބޭއްވުމަށްފަހު ފޮރިން މިނިސްޓަރ އިސްރާއީލް ޚާޓްޒްގެ އިރުޝާދާ އެއް ގޮތަށެވެ.

އެ ފޮތުގައި އީރާނު، ނުބައި މީސްކޮށް ވާހަކަ ދައްކަން ބޭނުން ކުރަންވީ އިބާރާތްތަކާއި އީރާން ސިފަ ކުރަންވީ ބަސްމަގު ހިމަނާފައި ވެއެވެ. އެގޮތުން އީރާނަކީ ނުބައި ހަރުފައެއް ކަމަށް ސިފަ ކުރުމަށާއި، ހަރުފައިގެ ބޯ ކަނޑަން ޖެހޭނެ، ފަދަ އިބާރާތްތައް ބޭނުން ކުރުމަށް އިރުޝާދު ދީފައި ވެއެވެ. އަދި ސަރަހައްދުގައި ހަމަނުޖެހުން އުފައްދާ ޤައުމަކީ އީރާނު ކަމަށް ބުނުމަށާއި އެއީ ޓެރަރިޒަމަށް ވާގިވެރިވާ ޤައުމެއް ކަމަށް ބުނުމަށާއި، ޒަޔަނިސްޓު ދައުލަތަކީ ޑިމޮކްރެސީއާއި ގާނޫނުގެ ހަމަތަކަށް ލޯބި ކުރާ ޤައުމެއް ފަދަ ޢިބާރާތްތައް ބޭނުން ކުރުމަށް ޔަހޫދީ ޑިޕްލޮމެޓުންނަށް އިރުޝާދު ދީފައި ވެއެވެ.

އަދި ޙިޒްބުﷲއިން ދީފައިވާ ހަމަލަތަކުގެ ތަފާސްހިސާބު ބޭނުން ކުރާނެ ގޮތާއި އެ ޙަމަލަތައް ސިފަ ކުރުމަށް ބޭނުން ކުރަންވީ ޢިބާރާތްތައް ވެސް ހިމަނާފައި ވެއެވެ.

ހަމާސްއާއި އިސްލާމިކް ޖިހާދާއި ޝީޢީ ހަނގުރާމަވެރި ޖަމާޢަތްތަކަކީ ޓެރަރިސްޓުން ކަން ސާބިތުކޮށް ދިނުމަށް ބޭނުން ކުރާގެ ފޯމިއުލާތަކާއި ސިކުނޑި ދޮވެލުމަށް ބޭނުންކުރަންވީ އިބާރާތްތައް ކިޔައިދީފައި ވެއެވެ.

ޒަޔަނިސްޓު ޔަހޫދީން ދަނީ ދުނިޔޭގެ ރައްޔިތުން ކުރިމަތީގައި ބޮލާ ފޮށާއެޅިފައިވާތީ މަރު ފަލި ޖަހަމުންނެވެ.

ހިއްސާ ކުރައްވާ!