ނުރައްކަލެއް ނެތް ހިނދުވެސް ޗައިނާއާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރަން އުޅެފައި

ނުރައްކަލެއް ނެތް، ހިނދުވެސް އެމެރިކާއިން ވަނީ ޗައިނާއާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރުމަށް ރޭވުންތަކެއް ރާވާފައެވެ. ނިއުޔޯކް ޓައިމްސް އިން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ފުރަތަމަ ފަހަރަށް އެމެރިކާގެ ޑިޓަރެންސް ސްޓްރެޓެޖީ ބަދަލުކޮށް، ޗައިނާގެ ނިއުކްލިއާ އަސްކަރީ ބާރާ ދެކޮޅަށް ބަދަލު ހިފުމަށް ސިއްރު ނިއުކްލިއާ ސްޓްރެޓެޖިކް ޕްލޭނެއް މާޗް މަހު ފާސްކޮށްފަ އެވެ.

އެ ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ބައިޑަން ވެރިކަމުގެ ދައުރު ނިންމުމުގެ  ކުރިން އިޞްލާޙުކޮށްފައިވާ ސްޓްރެޓެޖީއާ ގުޅޭ ގޮތުން ސިއްރު މަޢުލޫމާތު ކޮންގްރެސްއަށް ހުށަހަޅާނެ ކަމަށް ބެލެވެއެވެ.

“ނިއުކްލިއާ އެމްޕްލޯއިމަންޓް ގައިޑްލައިންސް” ގެ ނަމުގައި އިޞްލާޙުކޮށްފައިވާ، ސްޓްރެޓެޖީގެ އައު އިޞްދާރު ބައިޑަން ފާސްކުރެއްވިކަމަށް ވައިޓްހައުސްއިން ދުވަހަކުވެސް އިއުލާންކޮށްފައެއް ނުވެއެވެ. އެމެރިކާގެ ސަރުކާރުގެ އިސް ދެ އޮފިޝަލަކު ދާދި ފަހުން ދެއްވި މަޢުލޫމާތުގައި އެ ސްޓްރެޓެޖީ މުރާޖަޢާ ކުރުމުގެ އިޝާރާތެއް ދެއްވައި ހުއްދަ ދެއްވި ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.

މިއީ ކޮންމެ 4 އަހަރަކުން އެއްފަހަރު އަޕްޑޭޓް ކުރާ ސްޓްރެޓެޖީއެކެވެ. އައު ސްޓްރެޓެޖީގައި އެމެރިކާގެ ދުޝްމަނުން ކަމަށް، ބަޔާން ކޮށްފައި ވަނީ ޗައިނާއާއި، ރަޝިޔާއާއި، އީރާނާއި، އުތުރު ކޮރެއާއެވެ.

އެމެރިކާއިން ހަނގުރާމަކޮށް ޙަމަލަ ދިނުމަށާއި އަސްކަރީ ހޭދަ އިތުރުކޮށް، ހަޔިރާރު އުފެއްދުމުން މަންފާ ލިބިގަތުމަށް، އަބަދުވެސް ދުޝްމަނުން އުފައްދައި ލިސްޓުކޮށް ގިންތިކޮށް ހަދައެވެ. މި ލިސްޓުގައި މުސްލިމުން އުޅޭނީ އެންމެ ކުރީގައެވެ. އެމީހުންގެ ޙިއްޞާ ހަތުރުންގެ ތެރޭގައި ބޮޑެވެ. ފަސާދަ ކުރުމާއި ފަސާދަ އުފެއްދުމުގައި މިވެރިންގެ ޙިއްސާ އިންތިހާއަށް ބޮޑު ވާނެއެވެ.

ހިއްސާ ކުރައްވާ!