އަންހެނުންނަށް ޚާއްޞަކޮށްފައިވާ ބީޗު ސަރަޙައްދެއް

ޔޫއޭއީގެ ޝާރުޖާ އިމާރާތުގައި އަންހެނުންނަށް ޚާއްޞަ ބީޗު ސަރަހައްދެއް އެ އިމާރާތުގެ ޝެއިޚު، ޑރ. ސުލްޠާން ބިން މުޙައްމަދު އަލްޤާސިމީ އިޢުލާން ކުރައްވައިފިއެވެ. 500 މީޓަރުގެ މި ބީޗް ސަރަހައްދަކީ އަންނެހުންނަށް ފުރިހަމަ ޕްރައިވެސީއެއް ލިބިގެންދާނެ ތަނެއް ކަމަށް ޝާރުޖާ ސަރުކާރުން ބުނެ އެވެ. އަދި ބީޗުގައި އަންހެނުންނަށް ޚާއްސަ ނަމާދުގެއަކާއި ކްލިނިކަކާއި ކެފޭތައްވެސް ބިނާކޮށްފައި ވެއެވެ.

ހިއްސާ ކުރައްވާ!