ޖަރާސީމުތަކާ ބެހޭ މާހިރުގެ ގައިގައި މަދިރިއެއް ހަފައިގެން އެނދުމަތި ކޮށްފި

ޖަރާސީމުތަކާއި ގައިން ގަޔަށް އަރާ ބަލިތަކާ ބެހޭ އެމެރިކާގެ އެންމެ ފުންނާބު އުސް މާހިރުގެ ގައިގައި، މަދިރިއެއް ހަފައިގެން ބޮޑު ބައްޔެއްގައި އެނދުމަތިކޮށްފިއެވެ. ނަން މަޝްހޫރު އެންތޯނީ ފައުޗީ ގެ ގައިގައި މަދިރިއެއް ހެފުމުގެ ސަބަބުން އޭނާއަށް ވަނީ ވެސްޓް ނައިލް ވައިރަސް ލައިގެންފައެވެ.

ފައުޗީ މަޝްހޫރުވެފައި ވަނީ ކޯވިޑްގެ ދުވަސްވަރު އޭނާ އެބައްޔާ ބެހޭ ގޮތުން އެމެރިކާ ސަރުކާރަށް ލަފާ ދިނުމުންނެވެ. އަދި ކޯވިޑް ވައިރަސް އީޖާދު ކުރުމުގައި ވެސް އޭނާގެ އަތެއްވާ ކަމަށް ތުހުމަތު ކުރެވެއެވެ.

ވެސްޓް ނައިލް ބާވަތުގެ މަދިރި ހަމަލަދޭ ކޮންމެ 5 މީހެއްގެ ތެރޭން އެކަކަކީ، ހުން އައިސް، ބޮލުގައި ރިއްސައި، ގައިގައި ރިއްސައި، ހޮޑުލެވި، ބޭރަށް ހިންގައި، ބިހި ނެގުމުގެ މައްސަލަތައް ދިމާވާނެ މީހެކެވެ. ފައުޗީއަށް ލައިގަނެފައި ވަނީ މިއިން ކޮން އަލާމާތެއްކަން ސާފެއް ނޫނެވެ.

މިބަލި ޖެހޭ 150 މީހުންގެ ތެރޭން ފުރާނަ ނުރައްކަލަށް ހުށެހެޅެނީ އެންމެ މީހެއްގެ ކަމަށް ތަފާސްހިސާބުން ދައްކައެވެ.

ހިއްސާ ކުރައްވާ!