އަމިއްލަ ކުންފުންޏަކުން ދެވަނަ ފަހަރަށް ބޭނުން ކުރެވޭ ރޮކެޓެއް ފޮނުވައިފި

އިންޑިއާގެ އަމިއްލަ ކުންފުންޏަކުން ދެވަނަ ފަހަރަށް ބޭނުން ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ރޮކެޓެއްގެ ޒަރީއާއިން މިއަދު ސެޓެލައިޓޔުތަކެއް ފޮނުވައިފިއެވެ. މި ރޮކެޓް ޗެންނާއިން އުދުއްސާލީ، މޫސުމަށް އަންނަ ބަދަލުތައް ދިރާސާ ކުރާ ކުޑަ ސައިޒްގެ 3 ސެޓަލައިޓާ އެކުގައެވެ.

އާރްޔޫއެމްއެޗް1 އަކީ، ސްޕޭސް ޒޯން އިންޑިއާ ކުންފުނީގެ އުފެއްދުމެކެވެ. މިކުންފުންޏަކީ ރޮކެޓާއި ސެޓެލައިޓާއި ޑްރޯން ޓެކްނޮލޮޖީއަށް ޚާއްޞަ އަމިއްލަ ކުންފުންޏެކެވެ.

2023 ގައި ވުޖޫދަށް އައި މި ކުންފުނިން، އިންޑިއާގެ އެކި ސްކޫލުތަކުން 2500 ކުދިން ބައިވެރި ކޮށްގެން އުފެއްދި ސެޓެލައިޓެއްވެސް ޖައްވަށް ފޮނުވައި ދީފައިވެއެވެ. ނަމަވެސް، ދެވަނަ ފަހަރަށް ބޭނުން ކުރެވޭ ވައްތަރުގެ ރޮކެޓް އެކުންފުނިން ބޭނުންކުރީ މިފަހަރު އެކަންޏެވެ.

ސްޕޭސް އިންޑިއާ ކުންފުނިން ބުނާ ގޮތުގައި އެކުންފުނީގެ އަމާޒަކީ އަގު ހެޔޮކޮށް ޖައްވީ ކަންކަމާ ގުޅޭ ޚިދުމަތް ދިނުމެވެ. އަދި މީހުން ބިނާ ކުރުމާއި ތަމްރީނު ދިނުމަކީ އެކުންފުނީގެ މުހިންމު ބައެކެވެ.

ހިއްސާ ކުރައްވާ!