ޕާކިސްތާން ފައިސާ ޕޮލީމާ ނޫޓަށް ބަދަލު ކުރަނީ

ޕާކިސްތާނުން ޑިސެންބަރު މަހުގެ ނިޔަލަށް، އެޤައުމުގެ ހުރިހައި ނޫޓެއް، ޕޮލީމާ ނޫޓުތަކަށް ބަދަލު ކުރުމުގެ ގޮތުން، ޑިޒައިނަށް ބަދަލު ގެންނާނެ ކަމުގައި ސްޓޭޓް ބެންކު އޮފް ޕާކިސްތާންގެ ގަވަރުނަރު ވިދާޅުވެއެވެ. މިފިޔަވަޅުގެ މަޤްޞަދަކީ، ޕާކިސްތާންގެ ފައިސާގެ ސަލާމަތީކަންކަން ވަރުގަދަ ކުރުން ކަމުގައިވެސް ގަވަރުނަރު ވިދާޅުވެއެވެ.

ސްޓޭޓް ބޭންކުގެ ގަވަރުނަރު ޖަމީލް އަޙުމަދު ޕަލަމެންޓްގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އާ ފައިސާގެ ނޫޓުތައް ޑިޒައިން ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާކަމަށާއި އަހަރު ނިމޭއިރު ހުރިހައި ފައިސާއެއް ބަދަލުކޮށް ނިމޭނެ ކަމަށެވެ.

ޕާކިސްތާނު ޕާލަމެންޓްގެ ކޮމިޓީގައި ވާހަކަދެއްކެވި ބައެއް މެމްބަރުން ވަނީ ހުރިހައި ނޫޓެއް ބަދަލު ކުރުމުގެ ބަދަލުގައި ފަސް ހާސް ރުޕީސްގެ ނޫޓް ބަދަލުކުރުމަށް ހުށަހަޅުއްވާފައެވެ. އެބޭފުޅުން ވިދާޅުވީ، 5 ހާސް ރުޕީސްއަށް ބަދަލުގެނަސްފިނަމަ ޤައުމުން ކޮރަޕްޝަންވެސް ފޮހެވިގެންދާނެ ކަމަށެވެ. އަދި ކޮރަޕްޝަން ހިނގާ ކޮންމެ ތަނަކުން 5 ހާހުގެ ނޫޓް ފެންނަ ކަމަށެވެ.

ހިއްސާ ކުރައްވާ!