ދުނިޔޭގެ އެންމެ ބޮޑު އެއާލައިން ގުރޫޕު އިންޑިއާގައި

ދުނިޔޭގެ އެންމެ ބޮޑު އެއާލައިން ގްރޫޕު އުފެއްދުމަށް ފަހިކޮށް ދިނުމަށް އިންޑިއާ ސަރުކާރުން ހުއްދަދީ އެކަމަށް ފަހިކޮށްދީފި އެވެ. އިންޑިއާ ސަރުކާރުން ދީފައިވާ ހުއްދައާއެކު، ސިންގަޕޫރު އެއާލައިނުން، އިންޑިއާގެ ޤައުމީ އެއާލައިން އެއާއިންޑިއާގެ 25.1 ޕަސެންޓް ހިއްސާ ގަންނާނެއެވެ.

މިފިޔަވަޅާއެކު ވިސްޓާރާ އެއާލައިންގެ ޚިދުމަތް ހުއްޓާލާނެއެވެ. ޓާޓާ އާއި ސިންގަޕޫރު އެއާލައިނުން ހިންގާ ވިސްޓާރާ ދެން ވެގެންދާނީ އެއާ އިންޑިއާގެ ބަޔަކަށެވެ. އަދި އެ އެއާލައިންގެ ޚިދުމަށް 12 ނޮވެމްބަރަށް ހުއްޓުމަކަށް އަންނާނެއެވެ. އެއާ އިންޑިއާގެ ވެރިފަރާތަކީވެސް ޓާޓާ ކުންފުންޏެވެ.

އިންޑިއާގެ ފޮރިން އިންވެސްޓްމެންޓަށް ހުއްދަ ދޭ އިދާރާއިން ވަނީ ސިންގަޕޫރު އެއާލައިނުން އެއާ އިންޑިއާގެ 25 ޕަސެންޓު ގަތުމަށް ރުހުން ދީފައި ކަން ސިންގަޕޫރު އެއާލައިނުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އެއާ އިންޑިއާއަކީ ޓާޓާގެ ކުންފުންޏެކެވެ. ނަމަވެސް ބަންޑާރަ ކުރުމުގެ ތެރޭގައި އިންޑިއާ ސަރުކާރުން އެ އެއާލައިން އަތުލީއެވެ.

އަލުން ޓާޓާ ގްރޫޕުން ވައިގެ ދަތުރުފަތުރުގެ މާކެޓަށް ވަދެފައި ވަނީ 2013 ވަނަ އަހަރު ވިސްޓާރާ އާއި އެއާއޭޝިއާ އިންޑިއާ އުފައްދައި އިންޑިއާގެ މާކެޓަށް ތަޢާރަފް ކުރުމުގެ ތެރޭންނެވެ.

ފަހުން، ޖެނުއަރީ 2022 ގައި ޓާޓާ ގްރޫޕުން ވަނީ އެއާ އިންޑިއާ އާއި އެއާ އިންޑިއާ އެކްސްޕްރެސް ވެސް ގަނެފަ އެވެ.

ހިއްސާ ކުރައްވާ!