މަރޫޓީ ސުޒުކީގެ ފުރަތަމަ ބެޓެރި ކާރު ޖަނަވަރީގައި

އިންޑިއާގެ ކާރު އުފއްދާ މަރޫޓީ ސުޒުކީން އުފައްދާ ފުރަތަމަ ބެޓެރިން ދުއްވާ ކާރު އަންނަ ޖަނަވަރީ މަހު ބާޒާރަށް ނެރޭނެ ކަމަށް ބުނެފިއެވެ. މަރޫޓީ ސުޒުކީން ބުނީ މި ކާރަކީ އެއްފަހަރާ ޗާޖުކޮށްގެން 500 ކިލޯމީޓަރަށް ދުއްވޭނެ ވަރުގެ ބެޓެރި ހަކަތައާއެކު ވިއްކާ ކާރެއް ކަމަށެވެ. އޭގައި އަޅުވާފައި ވަނީ 60 ކޭވީގެ ބެޓެރިއެކެވެ.

މަރޫޓީ ސުޒުކީން ބުނިގޮތުގައި އެ ކާރުގެ ޝިޕްމެންޓްތައް ޔޫރަޕާއި ޖަޕާނަށް އެކސްޕޯޓު ކުރުމަށް ހަމަޖެހިފައި ވެއެވެ.

 

ހިއްސާ ކުރައްވާ!