އިއްޔެ އަކީ އެދުވަހެވެ. ޔަހޫދުންގެ 4500 މީހުންގެ ތެރޭން އެކަކުވެސް ވަޒީފާއަކަށް ނާދެއެވެ. ދެ ޓަވަރުގައި މަސައްކަތް ކުރާ މުސްލިމުންނާއި ނަޞާރާއިން ވަޒީފާއަށް ނިކުތެވެ. އެއީ ސެޕްޓެމްބަރު 11، 2001 އެވެ.
ހިބުރޫ ބަހުން ވާހަކަ ދައްކާ ބަޔަކު ހައިޖެކް ކުރިކަމަށް ބުނެވޭ، ދެ ބޯޓުން އެމެރިކާގެ ޓުއިން ޓަވަރާއި މަތިންދާ ބޯޓުތައް މުޑިއަރުވާލައި އިމާރާތްތަކުގެ ތެރެއަށް ބޯޓުތައް ވައްދައިލިއެވެ. ބޯ ދުންތަކެކެވެ. އަލިފާން ރޯވުމެކެވެ. މޮޅަށް އިމާރާތްކޮށްފައި އޮތް ދެބިލްޑިންގެއް ފިޒިކްސްގެ ހުރިހައި އުސޫލަކާ ޚިލާފަށް ގޮވުންތަކެއް ގޮވަމުން އެއްޗެއް ހުރި ދިމާއިން ބިމަށް ތިރިވެގެން ދިޔައީ އެވެ. އެކަމަށް މާގިނަ އިރުތަކެއް ނުނެގުމުން މީހުން އިތުރަށް ސުއާލު އުފއްދައެވެ. އިމާރާތުގެ ވެރިއަކީވެސް ޔަހޫދެކެވެ. އިންޝޫރެންސް ފައިސާއިން 4 ބިލިއަން ހޯދާވެސް އޭނާ އެވެ. ޓެރަރިޒަމާ ދެކޮޅަށް އިމާރާތް އިންޝޫރެންސް ކޮށް ހެދީ ހާދިސާގެ މަހެއް ކުރިންނެވެ. މީހާގެ ދުރުވިސްނުންތެރިކަމާ މެދު ހައިރާނެއް ނުވޭ ހެއްޔެވެ؟
ދެ އިމާރާތާ ކައިރި ހިސާބުތަކުން ކީރިތި ޤުރުއާންތަކެއްވެސް ފެނުނެވެ. އެއާޕޯޓަށް އަރަބި ނަންކިޔާ ބަޔަކު ގޮސް ދޫކޮށްލާފަ ދިޔަ ކާރުތަކުގެ ތެރޭންވެސް ޚަތިމު ތަކެއް ފެނުނެވެ. ޖަޒުބާތުގައި ޖެހިގެން މީހަކު ސުއާލެއް ކުރާކަށް ބޭނުމެއް ނުވިއެވެ. ކާރުތަކުން ޕާސްޕޯޓުތައްވެސް ފެނުނެވެ. މީހަކު ސުއާލެއް ނުކުރެއެވެ. އެހެން ވީއިރު އެމީހުން ފުރީކޮން ޕާސްޕޯޓެއްގައި ހެއްޔެވެ؟ އެ ހާދިސާގެ އަމަލުތައް ނިސްބަތް ކުރެވުނު މީހުން ކުރިން މަރުވެފައި ތިއްބައި އަލުން ދިރުނީ ހެއްޔެވެ؟ މިހާރު މި ސުއާލުތަކަށް ޖަވާބު ދޭން ތިބި މީހުންނަކީ އުސާމާ ބިން ލާދިންއާއި އޭނާގެ އަޞްޙާބުންނެއް ނޫނެވެ!
އުންމަތުގެ އެންމެންގެ ނަމުގައި އެމެރިކާގެ ރައީސް ބުޝްއަށް ހަދިޔާއެއް ދިނީ ނޫސްވެރިޔާ މުންތަޒިރުއްޒައިދީ އެވެ. މޫނު މައްޗަށް ހެޔޮވަރު ކޮށްލީ ކުނި ބޫޓު ކިބައެކެވެ!
11 ސެޕްޓެމްބަރުގެ ހާދިސާއެވެ! އެތައް މިލިއަން މުސްލިމުންނެއް ޝަހީދުކޮށްލުމަށް އެމެރިކާއިން ހޯދި ފުރުޞަތެކެވެ، ޤައުމުތަކެއް ފަނާކޮށްލައި މުސްލިމުންގެ އަގު ވައްޓާލިއެވެ! އިސްލާމޯފޯބިއާއަށް އެމެރިކާާއަށް ފުރުސަތު ދިނީއެވެ. ބޫޓު ކިބައިން ދިން ޙަމަލާއަށް ތިބާގެ މޫނުގައި ކުރެހިގެންދާނީ ހިނިތުން ވުމެކެވެ. ޖެހިގެން ހުރި މީހާ ބުނާނީ މަލްޢޫން! އޯކޭ! ބަފާވެސް ދަރިވެސް އިސްތިސްނާނެއް ނުކުރެވޭނެއެވެ.
އެމެރިކާއިން މުސްލިމުންނާ ދެކޮޅަށް ހިންގި އަނިޔާވެރިކަމުގެ އެންމެ ފާހަގަކޮށްލެވޭ ރަމްޒަކީ ކިއުބާގައި އެމެރިކާއިން ހިންގި އިންސާނީ ހައްޤަށް އަރައިގަތް “ގުއަންޓަނާމޯ ޑިޓެންޝަން ސެންޓަރ”އެވެ. ހިޓްލަރުގެ އިންސާނުން ފިހެލަން ބޭނުން ކުރި އަވަންތަކާއެއް ފަދައިން މުސްލިމުންނަށް އަނިޔާ ކުރުމަށް އުފެއްދި ކޭމްޕެކެވެ. މުސްލިމުންނަށް ޚާއްޞަ ކޭމްޕެކެވެ.
އެމެރިކާގެ ޖަރީމާ އިއްޔެ ދުނިޔެއިން ފާހަގަ ކުރީ ވަޅޯ ގޮތަކަށެވެ. 23 އަހަރު ފުރުން ފާހަގަ ކުރުން މާގިނަ ބަޔަކަށް މުހިންމު މުނާސަބާއަކަށް ނުވިއެވެ. ބުޝްއާއި އޭނާގެ އައުވާނުންގެ ނުލަފާކަން ދުނިޔެއަށް ވަނީ ސާބިތުވެފައެވެ.
އެމެރިކާ ރައްޔިތުންނަށްވެސް އެމީހުންގެ ވެރިންގެ އަނިޔާތައް ފާހަގަ ކުރެވެއެވެ. ހަނދާނަށް ގެންނާން ފަސޭހައެއް ނޫނެވެ. އިރާޤާއި އަފްޣާނިސްތާނުން އެމެރިކާ ރައްޔިތުން ލިބެމުން ދިޔައީ ބޮޑީ ބޭގްތަކުގައި ހަދިޔާގެ ގޮތުގައި ގަބުރު ތަކެކެވެ!
ހުތުރު ގޮތަކަށް ޖާނާއިގެން ސަލާމަތް ވެގެން އަފްޣާނިސްތާނުން އެމެރިކާ ފައިބައިގެން ދިޔައީ ގުނަ ހަތުޔާރު ދޫކޮށްލާފައެވެ. ހުސްފަޔާ ހަނގުރާމަ ކުރި މީހުންގެ ކުޅަދާނަކަމުން އެމީހުން ދެކެ ބިރުންނެވެ. 2026ގައި ނުވަތަ އެއަށްވުރެން އަވަހަށް އިރާޤުންވެސް ފައިބައިގެންދާނީ ހުތުރު ގޮތަކަށެވެ.
ގުއަންޓަނާމޯގެ ޖަލަކީ އެމެރިކާގެ ރައީސް ބުޝްގެ އަމުރަށް ގާތްގަނޑަކަށް 800 މުސްލިމުންނަށް އަނިޔާ ކުރި މަރުކަޒެކެވެ. އަދިވެސް 30 މުސްލިމުން އެތާގައި ބަންދުކޮށްފައި އެބަތިއްބެވެ. އިންޞާފުވެރި ޝަރީޢަތެއް ނުލިބިއެވެ.
ބުޝްގެ ފަހުން އެމެރިކާގެ ވެރިކަމަށް އައި ކޮންމެ މީހަކުވެސް ގުއަންޓަނާމޯ ބަންދުކުރާނެ ކަމަށް ބުންޏެވެ. ބައިޑަން، އޮބާމާ އަދި ޓްރަމްޕްވެސް މެއެވެ. ޓްރަމްޕް ފިޔަވައި ކޮންމެ މީހަކީ، އެތައް މިލިއަން މުސްލިމުންގެ ލޭ އެބައެއްގެ އަތުގައި ހޭކިފައިވާ މީހުންނެވެ.
ގުއަންޓަނާމޯ އަކީ “އަނިޔާކުރުމާއި ގާނޫނާ ޚލާފަށް މީހުން ބަންދު ކުރުމުގެ ނިޝާނެއް، އަދި ދައުވާއެއް ނުވަތަ ޝަރީއަތެއް ނެތި، މުއްދަތެއް ނެތް ގޮތަށް މީހުން ބަންދުކުރުމުގެ ރަމްޒެއް” އެމްނެސްޓީ އިންޓަނޭޝަނަލް