ޗައިނާ ސިފައިންގެ ތެރޭގައި ކޮރަޕްޝަން ބޭޒާރު ވަނީ

ޗައިނާގެ އަސްކަރީ އަދި ދިފާއީ ދާއިރާގެ މަތީ އޮފިޝަލުން ގެ ތަހުގީގު ކުރަމުންދާއިރު، އެގައުމުގެ ސިފައިންގެ ތެރޭގައި ކޮރަޕްޝަން ފެތުރިފައިވާ މިންވަރު ހާމަވާން ފަށައިފިއެވެ.

ސެންޓްރަލް މިލިޓަރީ ކޮމިޝަން (ސީއެމްސީ) ގެ ޓޮޕް ޖެނެރަލް މިއާއޯ ހޫއާ ގެ “ބޮޑެތި ސުލޫކާ ޚިލާފު މައްސަލަތަކެއް” ތަހުގީގު ކުރުމުގެ މަސައްކަތް ފަށައފި އެވެ. އޭނާ ސަސްޕެންޑް ކޮށްފައި ވަނީ ޑިފެންސް މިނިސްޓަރު ޑޮންގް ޖޫންގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ކަމަށް މީޑިއާއިން ބުނެފައި ވެއެވެ. ނަމަވެސް ޗައިނާއިން ވަނީ އެކަން ދޮގުކޮށްފައެވެ.

ޕީޕަލްސް ލިބަރޭޝަން އާމީގެ ޕޮލިޓިކަލް ވޯކް ޑިޕާޓްމަންޓް ބަލަހައްޓަވާ މިއާއޯ ހޫއާ އަކީ 2023 ވަނަ އަހަރަށް ފަހު ސީއެމްސީގެ މެމްބަރުންގެ ތެރޭން ކޮރަޕްޝަނަށް ތުހުމަތު ކުރެވުނު ތިން ވަނަ މެމްބަރެވެ.

ޝީ ޖިންޕިންގެ ލީޑަޝިޕްގެ ދަށުން ހިންގާ ސީޕީސީން ވަނީ މިދިޔަ އަހަރުން ފެށިގެން ޑިފެންސް ދާއިރާގެ ދިހަވަރަކަށް އިސް މަސްއޫލިވެރިން ކޮރަޕްޝަންގެ ތުހުމަތުގައި މަގާމުން ދުރުކޮށްފައެވެ. އެއަށްފަހު ޑިފެންސް ދާއިރާގައި ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށްފަ އެވެ. ނަމަވެސް އެއަރޮސްޕޭސް އެގްޒެކެޓިވުންނާއި ރޮކެޓް ސައިންސްވެރިން މަގާމުން ވަކިކުރުން އާންމު ކަމަކަށް ވުމުން، ޗައިނާގެ އަސްކަރީ-ސިނާއީ މަސައްކަތުގެ ތެރޭގައި ދެފުށް ފެންނަ ގޮތަށް، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމަށް ގޮންޖެހުންތަކެއް ހުރިކަން ހާމަވެއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް