ބަލޫޗީންނަށް ދޭ ހަމަލަތައް ކުށްވެރިކޮށް މުޒާހަރާ ބާއްވަން ނިންމައިފި

ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުގެ ފަރާތުން ބަލޫޗް ރައްޔިތުންނަށް ކުރިމަތިވަމުންދާ ނިޒާމީ ހަމަލަތައް ކުށްވެރި ކުރުމަށް ބަލޫޗިސްތާނުގެ އެކި ހިސާބުތަކުގައި މުޒާހަރާތަކެއް ކުރާނެ ކަމަށް ބަލޫޗުންގެ ހައްގާ ބެހޭ ޖަމާއަތް ބަލޫޗް ޔަކްޖެހްތީ ކޮމިޓީ (ބީއައިސީ) އިން މިއަދު އިއުލާންކޮށްފި އެވެ. ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ފިޔަވަޅުތައް ވަރުގަދަކޮށް، ބަލޫޗީންނާ ދެކޮޅަށް މަރުގެ ހަމަލަތައް ދެމުން ދިއުމާއި ގަދަކަމުން ގެއްލުވާލުން އިތުރުވެފައިވާތީ އެކަންކަމަށް އަލިއަޅުވާލަމުން ބީއައިސީން ބުނީ ޖާސޫސީ އިދާރާތަކާއި ސަލާމަތީ ބާރުތަކާއި އެއާ ގުޅުން ހުރި މިލިޝިއާތަކުން ނިޒާމީ ގޮތެއްގައި ބަލޫޗް ޒުވާނުންނަށް އަމާޒުކޮށްގެން ހަމަލަދެ ކަމަށެވެ.

މިކަމުގެ ސަބަބުން އެ ސަރަޙައްދުގައި އިންސާނީ ޙައްޤުތަކާ ޚިލާފުވުންތައް އިތުރުވެގެންދާ ކަމަށެވެ.

"މި އަނިޔާވެރި އަމަލުތަކަށް ރައްދުދީ ބަލޫޗް ޔަކްޖެހީ ކޮމިޓީން ވަނީ މިހާރު ހިނގަމުންދާ ފިއްތުންތަކާއި، ޝަރީއަތުން ބޭރުން މީހުން މަރާލުމާއި، ބަލޫޗް ރައްޔިތުންނަށް ނިޒާމީ ސިފައެއްގައި ކުރާ އަނިޔާތައް ކުށްވެރިކޮށް، މުޅި ބަލޫޗިސްތާނުގައި ސިލްސިލާ މުޒާހަރާތަކެއް ބާއްވަން އިއުލާންކޮށްފައި،" ކަމަށެވެ.

މުޒާހަރާތައް ބާއްވާ މުހިންމު ސިޓީތަކަކީ، ފެބްރުއަރީ 25 ވަނަ ދުވަހު ކަރާޗީ، ފެބްރުއަރީ 26 ގައި ޓަމްޕް އަދި ޑަލްބަންޑިން، ފެބްރުއަރީ 27 ގައި ޕަންޖްގުރު، ފެބްރުއަރީ 28 ގައި ތުރުބަޓް އެވެ.

ހިއްސާ ކުރައްވާ!