ޗައިނާގެ ލޯކަލް ގަވަރމަންޓްތައް ބޮޑެތި ޖޫރިމަނާތައް ކުރަން ފަށައިފި

ޗައިނާގެ އިގްތިސާދު ހީނަރުވަމުންދިއުމާއެކު، ފައިސާ ހޯދުމަށް ބޭނުންވެފައިވާ ލޯކަލް ސަރުކާރުތަކުން ރައްޔިތުންނާއި ވިޔަފާރިތައް ބޮޑެތި، އަދަދުން ޖޫރިމަނާތަކެއް ކުރަން ފަށައިފިއެވެ.

ޝާންސީގެ އުމުރުން ދުވަސްވީ އަންހެނަކު 5 ކިލޯގެ ތަރުކާރީ މަގުމަތީގައި ވިއްކުމުން 60،000 ޔުއާންގެ ޖޫރިމަނާއެއް ކުރިމަތި ކޮށްފައި ވެއެވެ.

ބެއިޖިންގައި އަލުއި ވިއްކާ މީހަކު އަގު ބޮޑުކޮށް ވިއްކިކަމަށް ބުނެ 300،000 ޔުއާން އިން ޖޫރިމަނާ ކުރި އެވެ.

ގުއަންގްސީގައި ގާތްތިމާގެ މީހުންނަށް 2،000 ޔުއާން އަށް އެއްގަމު މަސް ވިއްކި ދަނޑުވެރިއަކު 100،000 ޔުއާން އިން ޖޫރިމަނާ ކުރި އެވެ.

ރިއަލް އެސްޓޭޓްގެ ވިޔަފާރިއަކީ ޕްރޮވިންސްތަކަށް ގިނަ އަދަދަކަށް އާމްދަނީ ލިބުނު ވަސީލަތެކެވެ. މިހާރު އެދާއިރާ ވަނީ ވަޅު ޖެހިފައެވެ.

ގައުމީ ޓެކްސް އާމްދަނީ މިދިޔަ އަހަރު ވަނީ 3.4 ޕަސެންޓަށް ދަށްވެފައެވެ. ނަމަވެސް ޖޫރިމަނާ އާއި މީހުންގެ މުދާ ނެގުމުގެ ސަބބުން ގާތްގަނޑަކަށް  15 ޕަސެންޓަށް އާމްދަނީ އިތުރުވެފައި ވެއެވެ.

ޓެކްސް ނޫން އާމްދަނީ އިތުރުވީ، 25.4 ޕަސެންޓަށެވެ، ބައެއް ޕްރޮވިންސްތަކުން މީހުން އަތުން ޓެކްސް ނެގުމަށް ރެއިޑްތައް ކޮށްފައި ވއެވެ.

2023 ވަނަ އަހަރު ހުނާން ޕޮލިހުން ވަނީ 600،000 ޔުއާންގެ މައްސަލައަކާ ގުޅިގެން ގުއަންޑޮންގްގެ ކުންފުންޏެއްގެ އެކައުންޓްތައް ފްރީޒްކޮށް، އެ ކުންފުނި ހިއްސާގެ ބާޒާރަށް ވަނުމަށް ކުރި މަސައްކަތް ހުއްޓުވާފައެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މި އުކުޅުތަކުގެ ސަބަބުން މިހާރުވެސް އިގްތިސާދީ ބުރަ ބޮޑުވެފައިވާ އާބާދީއަކަށް އިތުރު ބުރައާ ކުރިމަތިލާން ޖެހެއެވެ.

ހިއްސާ ކުރައްވާ!