ބަންގްލަދޭޝްގައި ހަނދާން ނެތެމުންދާ އޭޕްރީލް މަހުގެ ހަމަނުޖެހުންތަކުގެ ފެށުން

ކޮންމެ އޭޕްރީލް މަހެއްގައިވެސް ޕާކިސްތާނުން ބަނގްލަދޭޝް މިނިވަން ވުމުގައި ދިމާވި ހިތްދަތި ކަމުގެ ހަނދާންތައް އާކުރަމުން ދެއެވެ. އެ ދުވަސްތައް ބަނގްލަދޭޝްގައި ފާހަގަ ކުރަނީ ނަސްލު ނައްތާލުމަށް ހޭލުންތެރިކުރުމުގެ ގޮތުންނެވެ. އަދި މަޒީގެ ބިރުވެރިކަން ހަނދާންކޮށްދިނުމަށެވެ. 1971 ވަނަ އަހަރު ޕާކިސްތާނުގެ ސިފައިން ވަނީ މިނިވަންކަމުގެ ހަނގުރާމައިގައި ގާތްގަނޑަކަށް ތިން މިލިއަން ބަނގްލަދޭޝް މީހުން މަރާލާފައެވެ. މާޗް 25 ވަނަ ދުވަހު އޮޕަރޭޝަން ސަރޗްލައިޓުން ފެށިގެން ކުރިއަށް ދިޔަ ހަމަލާތަކެކެވެ. އެއިރު ސިފައިން އަމާޒުކޮށްފައިވަނީ ބަނގްލަދޭޝްގެ ދަރިވަރުންނާއި ބައިމަދު މީހުންނާއި ސިޔާސީ ލީޑަރުންނަށެވެ. މި އަނިޔާވެރި ކެމްޕޭން އިސްކޮށް އުޅުނީ ޖެނެރަލް ޓިކާ ޚާން އެވެ.

މިއަދަކީ އެ ހަމަލަތައް ފެށި ދުވަހެވެ. ހަމަތައް ފެށުމުގައި ޕާކިސްތާން ސިފައިންނާއި އެމީހުންނަށް ތާއީދުކުރާ ފަރާތްތަކަށް ތުހުމަތު ކުރެވިފައި ވަނީ،  200،000 އާއި 400،000 އާއި ދެމެދުގެ އަންހެނުން ރޭޕް ކުރިކަމަށެވެ.

އެތައް ބަޔަކު އަޅުވެތި ކޮށްފައި ވަނީ ކޭޕްތަކުގައެވެ.

ޕާކިސްތާން ސިފައިންނާ ގުޅިގެން ހަނގުރަމަ ކުރި އިސްލާމީ ހަރުކަށި މިލިޝިއާތަކުން ބަނގްލަދޭޝްގެ ސިފައިންގެ އެކްޓިވިސްޓުން ޝިކާރަކުރުމަށް އެހީތެރިވެދިނެވެ. އެއަހަރުގެ ޑިސެމްބަރު މަހަށް ލައިގަތް އިރު އެމީހުން ވަނީ އެތައް ހާސް މީހުން މަރާލާފައެވެ.

މިތާނަށް ޕާކިސްތާނުން ދުވަހަކުވެސް އެގައުމުގެ ސިފައިން ހިންގާފައިވާ ޖަރީމާތަކަށް އިއުތިރާފުވެފައެއް ނުވެއެވެ. އެ ދުވަސްވަރު އެމެރިކާއިން އެކަމަށް ސަޕޯޓު ކުރިއެވެ. އަދި ފިނި ހަނގުރާމައިގައި އެމރކާއަކީ ޕާކިސްތާނުގެ ބައިވެރިއެކެވެ.

މިއަދު ޕާކިސްތާނުގެ އެތެރޭގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ވެސް ބައެއް މީހުން ތާރީޚު ކިޔާލަމުން ދަނީ މާޒީއަށް ބަލައިގެންނެވެ. ބަލޫޗްންނާއި ޕަޝްތޫނުންނަށް އަނިޔާވެރިވަނީ ހަމަ އެގޮތަށް ކަމަށް އެފަރާތްތަކުން ބުނެއެވެ. އެ މީޙުންގެ އާބާދީތަކާއި ރަށްތައް ހަލާކުވެއެވެ. މީހުން ގެއްލި ދެއެވެ. ނެތިގެންދެއެވެ. ޕަޝްތޫން ތަހައްފުޒު ހަރަކާތުން ޕާކިސްތާންގެ އަމަލުތައް ބޭޒާރު ކުރެއެވެ. ބަންގްލަދޭޝްގެ ވޭންތައް އެމީހުން ކޮންމެ އަހަރަކުވެސް އެޕްރީލްގައި ހަނދާން ކުރެއެވެ.

ހިއްސާ ކުރައްވާ!