ސައުދީ އަރަބިއްޔާގެ އަޕްޑޭޓް ކޮށްފައިވާ އީ-ޓްރާންސިޓް ވިސާ ޕޮލިސީގައި ހިމެނޭ 18 ގައުމުގެ ތެރޭގައި ރާއްޖެ ހިމަނައިފިއެވެ. މި "ގްރޫޕް އޭ" ލިސްޓުގައި ރާއްޖެ ހިމެނުމުން، ދިވެހިންނަށް އެހެން ގައުމަކަށް ކުރާ ދަތުރު މަތީގައި އުމުރާ ކޮށްލުމަށް ސަޢޫދީ އަރަބިއްޔާ ގައި ފަސޭހަކަމާއެކު ޓްރާންސިޓު ކުރެވޭނެ އެވެ.
މި ގްރޫޕް އޭ ލިސްޓަކީ އެ ގައުމުތަކުން ދަތުރު ކުރާ މީހުންގެ ދަތުރުވެރި ސުލޫކަށް ބަލައިގެން ހަދާފައިވާ ލިސްޓެކެވެ. އެލިސްޓުގައި ހިމެނޭ ގައުމުތަކަކީ ސައުދީ ވިސާއަށް މަކަރު ނުހަދައި، އިތުރު މުއްދަތަށް މަޑު ނުކޮށް ގަވާއިދާ ޚިލާފު ނުވާ މީހުން ހިމެނޭ ގައުމުތަކުގެ ލިސްޓެކެވެ. އޭގައި ހިމެނޭ ޤައުމުތަކަކީ:

ދިވެހިރާއްޖެ، މެލޭޝިއާ، ސިންގަޕޫރު، ތައިލެންޑް، ތުރުކީ، އަދި މޮރިޝަސްއާއި ކެނެޑާ، އެމެރިކާ، އޮސްޓްރިއާ، ސައިޕްރަސް، ފްރާންސް، ޖަރުމަން، ގްރީސް، އިޓަލީ، ނެދަލެންޑްސް، ސްޕެއިން، ސްވިޒަލޭންޑް، އިނގިރޭސިވިލާތް އަދި ޗައިނާ (ހޮންކޮންގް އަދި މަކާއޯ އާއެކު) އެވެ.
އީ ޓްރާންސިޓް ވިސާއަށް ޝަރުތު ހަމަވާ މި "ގްރޫޕް އޭ"ގައި ގިންތިކޮށްފއިވާ ޤައުމުތަކުގެ މީހުންނަށް ސައުދީ އަރަބިއްޔާގައި ވަގުތީ ގޮތުން ޓްރާންސިޓުކުރުން ފަސޭހަވެ، ކުރު ދަތުރުތަކުގައި ސައުދީ އަރަބިއްޔާ ފަސޭހައިން ބަލާލެވި އުމުރާ ކޮށްލެވޭނެއެވެ.







