އިންޑިއާއިން ޕަންޖާބާއި ހިމާޗަލް ޕްރަދޭޝްގެ މުހިއްމު ޑޭމްތަކުގެ ވަށައިގެން ސަލާމަތީ ކަންކަން ވަރުގަދަކޮށްފި އެވެ. ޕާކިސްތާނުން އައިސްފާނެ ސަލާމަތީ ފިޔަވަޅަކަށް ފާރަވެރި ވުމުގެ ގޮތުން އިންޑިއާއިން ވަނީ ބީސް-ސުޓްލެޖް ލިންކް ޕްރޮޖެކްޓް ފަދަ ސްޓްރެޓެޖިކް ސައިޓްތަކުގައި ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް ބައިތިއްބާފައެވެ. އިންޑިއާއިން ދަނީ ޑިޕްލޮމެޓިކު ގޮތަކަށް ޕާކިސްތާން ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރަމުންނެވެ.
އިންޑިއާގެ އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި ޕަހަލްގާމްގެ ހަމަލައަކީ ޕާކިސްތާންގެ އައިއެސްއައި އިދާރާއިން ވާގި ލިބިގެން ލަޝްކަރޭ ތޮއްތިބާއިން އުފެދިފައިވާ ޖަމާއަތަކުން ދީފައިވާ ހަމަލައެކެވެ. ލަޝްމަރޭ ތައްޔިބާއަކީ ގިނަ ހަމަލަތަކެއް ދިނުމަށްފަހު ލީޑަރުން ޕާކިސްތާނުން ޖަލަށް ލުމަށްފަހު ހަރަކާތްތައް މިހާރު ހުއްޓިފައިވާ ޖަމާއަތެކެވެ. އިންޑއާއިން ތުހުމަތު ކުރާ ގޮތުގައި ޕާކިސްތާނުން ދަނީ ކަޝްމީރުގެ ހަމަޖެހުން ނަގާލައި ފަތުރުވެރިކަމުން ކުރިއަށްދާ އިގްތިސާދު ހުއްޓުވާން މަސައްކަތް ކުރަމުންނެވެ. އިންޑިއާއިން ވަނީ 26 މީހުން މަރާލި މި ހަމަލައާ ގުޅިގެން ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ޕާކިސްތާން ރައްޔިތުން އިންޑިއާއިން ބޭރުވާން އަންގައި ޕާކިސްތާނަށް ފެން ލިބޭ ކޯރުތަކަށް ހުރަސް އެޅުމަށް ދެ ގައުމުން ފެން ބަދަލުކުރާ އިންޑަސް ކޯރުގެ ފެން ބަދަލު ކުރުމާ ބެހޭ މުއާހަދާއަށް އަމަލު ކުރުން ހުއްޓާލުމަށް ނިންމާފައެވެ.
ޕަހަލްގާމްގެ ހަމަލައަށް ޒިންމާ އުފުލާފައި ވަނީ ލަޝްކަރޭ ތައިބާގެ ޕްރޮކްސީއެއް ކަމަށްވާ ދަ ރެސިސްޓެންސް ފްރަންޓުން ނެވެ.






