ދުނިޔޭގައި މިހާރު އެންމެ އުމުރުން ދުވަސްވީ މީހާއަށް ވެފައި ވަނީ އިނގިރޭސިވިލާތުގެ މީހެއް ކަމަށްވާ އެތެލް ކެޓަހަމް އެވެ. އޭނާއަކީ އުމުރުން އުމުރުން 115 އަހަރު ވެފައިވާ މީހެކެވެ.
ކެޓަހަމް އަކީ 1909 ވަނަ އަހަރު އުފަންވި މީހުންގެ ތެރޭން މިހާރު ދުނިޔޭގައި އެންމެ ފަހަށް ހުރި މީހާއެވެ. އަދި އިނގިރޭސި ރައްޔިތުންގެ ތެރޭން 1913 ވަނަ އަހަރުގެ ފަހުން އުފަންވެ ދުނިޔޭގައި ހުރި އެންމެ ފަހު މީހާވެސް މެއެވެ.
އެންމެ ފަހުގެ ދިރިހުރި މީހާ ކަމަށް ބެލެވޭއިރު، އެއީ 1913 ވަނަ އަހަރުގެ ކުރިން އުފަންވި އެންމެ ފަހު އިނގިރޭސި މީހާ ކަމަށް ޖީޑަބްލިޔުއާރު އިން އިތުރަށް ބުނެފައިވެ އެވެ.
ކެޓަހަމް، ދުނިޔޭގެ އެންމެ ދުވަސްވީ މީހާ ކަމަށް ވެފައި ވަނީ، ބްރަޒިލްގެ ރައްޔިތެއް ކަމަށްވާ އިނާ ކެނަބަރޯ ލޫކަސް އުމުރުން 116 އަހަރުގައި މަރުވުމުންނެވެ. 1908 ވަނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދުށް، މި މީހާ އަކީ މިޖަނަވަރީ މަހުން ފެށިގެން ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ މީހާއެވެ. އޭނާ މަރުވީ ބުދަ ދުވަހުއެވެ.
އުމުރުން ދުވަސްވާ މީހުނާ ބެހޭ ދިރާސާތައް ކުރާ ލޮންޖެވީކުއެސްޓުން ޝާއިއުކުރި އޭނާގެ ބަޔޮގްރަފީގައި ބުނެފައި ވަނީ މި މީހާ ދުނިޔެއަށް އުފަންވިއިރު އޮތީ ވަރަށް ބަލި ހާލުގައި ކަމަށެވެ.
އޭނާ އުމުރު ހޭދަކޮށްފައި ވަނީ ފައްޅީގައި ރާހިބާއެއްގެ ގޮތުގައެވެ. އުމުރުން 16 އަހަރުން ފެށިގެން އޭނާ ވަނީ ރާހިބުވަންތަ ދިރިއުޅުން އިޚުތިޔާރުކޮށްފައެވެ.






