ނޯބެލް ސުލްހައިގެ އިނާމު ދެކުނު އެފްރިކާގެ ކުރީގެ ފަނޑިޔާރަކަށް ލިބުމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރުޅިގަދަ ވެއްޖެ އެވެ. ޓްރަމްޕް ވިދާޅުވީ އެ އިނާމު ނަވީ ޕިއްލޭ އަށް ހައްގެއް ނޫން ކަމަށާއި ޓްރަމްޕް ނޫން މީހަކަށް އެއިނާމު ދިނުމަކީ ނޯވެއަށް ލިބުނު ބޮޑު ހުތުރެއް ކަމަށެވެ.
ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރައްވާ ނާވީ ޕިއްލޭއަށް ހުކުރު ދުވަހު ނޯބެލް ސުލްހައިގެ އިނާމު ލިބުނުކަން އިއުލާނުކުރުމާ ގުޅިގެން، ނިއުޔޯކްގެ ސައިރަކޫސްގައި ބޭއްވި އެއްވުމެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ އެ ނިންމުމަކީ ލަދުވެތި ނިންމުމެއް ކަމަށް ސިފަކުރައްވާފައެވެ. އަދި ޕިއްލޭގެ ނަމަކީ އޭނާ މީގެ ކުރިން އަހާފައިވާ ނަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު މިފަދަ ވަކި މީހެއްގެ ވާހަކަ ކުރިން އަޑުއަހާފައެއް ނެތް، ނަމަވެސް ކޮންމެއަކަސް މަރުހަބާ،" ޓްރަމްޕް ވިދާޅުވިއެވެ. "އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑަށް ނޯބެލް ސުލްހައިގެ އިނާމު ލިބެންޖެހޭނެ، ނަމަވެސް އެ އިނާމެއް ނުލިބުނު." ޓްރަމްޕް ބުންޏެވެ.
ޓްރަމްޕަށް ޕިއްލޭ އެނގިވަޑައި ނުގަތަސް ޕިއްލޭއަކީ ރޭޕްގެ މައްސަލަތަކުގައި ވަރަށް ހަރުކަށި ވިސްނުމެއް ގެންގުޅުއްވާ ބޭފުޅެކެވެ. ހަނގުރާމައިގެ ތެރޭގައި މީޙުން ރޭޕް ކުރުމަކީ ބައިނަލްއަގްވާމީ ޖިނާއީ ގާނޫނުގައި ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ކަނޑައަޅައި ދިނީ ޕިއްލޭއެވެ. އެއީ ރުވަންޑާގެ ޖެނޮސައިޑްގެ ޝަރީއަތްތަކާ ގުޅިގެންނެވެ.
2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ނޯބެލް ސުލްހައިގެ އިނާމު ހޯއްދެވުމަށް ޓްރަމްޕް ބޭނުންފުޅުވެއެވެ. އަދި ޣާޒާ ޖެނޮސައިޑަށް ހަތިޔާރު ސަޕްލައި ކޮށްދޭއިރުވެސް ޕާކިސްތާނު ސަރުކާރުން ޓްރަމްޕަށް ސުލްހައިގެ އިނާމު ހޯދައި ދިނުމަށް ހިތްވަރު ދެއެވެ.

ނޯބެލްގެ ސުލްހައިގެ އިނާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް އިތުރަށް ވިދާޅުވީ، ނޯބެލް ސުލްހައިގެ އިނާމަކީ މިހާރު ހައްދުފަހަނައަޅާފައިވާ ފަރާތްތަކުން ސިޔާސީ ބޭނުންތަކަށް ބޭނުންކުރާ އެއްޗަކަށްވެ، އޭގެ އަގު ވެއްޓިފައިވާ ކަމަށެވެ.
އަންހެނުން ރޭޕްކޮށްގެން. ކުށްސާބިތުވެފައިވާ މުޖުރިމަކަށް މިހާތަނަށް ނޯބެލްގެ ސުލްހައިގެ އިނާމު ދީފައެއް ނުވެއެވެ.




