ޕާކިސްތާނުގެ އެއްވެސް ބާވަތެއްގެ މުދަލެއް އިންޑިއާއަށް އެތެރެކުރުން މަނާކޮށްފިއެވެ. އިންޑިއާގެ ވިޔަފާރިއާ ބެހޭ ވުޒާރާއިން އިއުލާން ކޮށްފައި ވަނީ މިކަމަކީ "ގައުމީ ސަލާމަތާއި އާންމު ސިޔާސަތުގެ މަސްލަހަތަށްޓަކައި" ކަނޑައަޅާފައިވާ ކަމެއް ކަމަށެވެ. އަދި ޕާކިސްތާނުން ނުވަތަ ޕާކިސްތާނުގައި ޓްރާންސިޓް ކުރާ މުދާ ވެސް އެތެރެކުރުން މަނާކޮށްފައިވެއެވެ.
ޕާކިސްތާނުން އުފެދޭ ނުވަތަ އެކްސްޕޯޓްކުރާ ހުރިހާ މުދަލެއް، އިންޑިއާއަށް އެތެރެ ކުރުން މަނާ ވާނެ ކަމަށް އިންޑިއާގެ ކޮމާސް މިނިސްޓްރީން ނެރުނު ނޮޓިފިކޭޝަނެއްގައި ބުނެފައިވެ އެވެ.
އިންޑިއާއާ އެކު އުފެދިފައިވާ ހަމަނުޖެހުމުގެ ތެރޭގައި ޕާކިސްތާނުން ވަނީ ދުރު ރާސްތާއަށް ދަތުރު ކުރާ ބެލެސްޓިކް މިސައިލް ކަމަށްވާ އަބްދާލީ ބެލިސްޓިކް މިސައިލް ކާމިޔާބުކަމާއެކު ޓެސްޓްކޮށްފައެވެ. 450 ކިލޯމީޓަރުގެ ރާސްތާއަށް ދަތުރުކުރާ ބެލިސްޓިކް މިސައިލަށް ނަން ދީގައި 1770ގައި އަފްޣާނިސްތާނުން ވަޑައިގެން އިންޑިއާ ހިފި އަޙުމަދު ޝާހް އަބްދަލީގެ ނަމުންނެވެ. މިއީ އާދައިގެ ބާޑިބޭހުގެ ބޮލެއް ނޫނީ ނިއުކްލިއަރ ބޮލެއް ހިގައިގެން އަމާޒަށް ހަމަލަ ދޭ ވައްތަރުގެ މިސައިލެކެވެ.





