އިންޑިއާގެ ކަޝްމީރުގެ ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ޕާކިސްތާނުން އިންޑިއާގެ މަތިންދާބޯޓުތަކަށް އެ ޤައުމުގެ ވައިގެ ސަރަޙައްދު ބަންދުކުރުމަށް ނިންމި ނިންމުމުގެ ސަބަބުން، އިންޑިއާގެ ޑިފެންސް ރިސާރޗް ވިންގގެ އަންދާޒާއެއްގެ މަތިން، ދުވާލަކަށް 300،000 އެމެރިކާ ޑޮލަރުގެ ގެއްލުން ވަމުންދާ ކަމަށް ބުނެފައިވެއެވެ. މެއި 25 އާ ހަމައަށް ދެމިގެންދާނެ މި ބަންދުކުރުމުގެ ސަބަބުން، ޔޫރަޕާއި އުތުރު އެމެރިކާ އަދި މެދު އިރުމަތީ ޤައުމުތަކަށް ދަތުރުކުރާ އިންޑިއާގެ 70 އަށްވުރެ ގިނަ ދަތުރު ދުވާލަކު ހުއްޓުމަކަށް އައިސްފައިވެއެވެ. މީގެ ސަބަބުން އެއަރ އިންޑިއާ އަދި އިންޑިގޯ ފަދަ އެއަރލައިންތަކުން އެ ދަތުރުތައް އެހެން މަގުތަކަކުން ކުރަން ޖެހުމުގެ ސަބަބުން ތެލުގެ އަގު އިތުރުވެ، ބައެއް ދަތުރުތައް ކެންސަލްކުރަން ޖެހިފައިވެއެވެ.
މިކަމާ ގުޅިގެން އިންޑިއާއިން އޭޕްރިލް 30 ގައި ޖަވާބުދާރީވެ، މެއި 23 އާ ހަމައަށް ޕާކިސްތާނުގެ މަތިންދާބޯޓުތަކަށް އިންޑިއާގެ ވައިގެ ސަރަޙައްދު ބޭނުންކުރުން މަނާކޮށް ނޯޓިސް ޓު އެއަރމެން (ނޯޓަމް) އެއް ނެރެފައިވެއެވެ. މިއީ ރަމްޒީ ގޮތުން ކުރި ކަމެއް ކަމުގައިވިޔަސް، އިންޑިއާގެ އޭވިއޭޝަން ދާއިރާ އަދި ޕާކިސްތާނުގެ މަދު އެއަރ ޓްރެފިކްގެ ސަބަބުން އިންޑިއާއަށް މީގެ މާލީ އަސަރެއް ނުކުރާނެއެވެ. ނަމަވެސް، ޕާކިސްތާނަށް ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އޭވިއޭޝަން މާކެޓް ކަމުގައިވާ އިންޑިއާގެ މާކެޓުން ލިބެމުންދިޔ މުހިންމު އޯވަރފްލައިޓް ފީތައް ގެއްލެމުންދެއެވެ. އިންޑިއާއިން މަހަކު 9،000 ބައިނަލްއަޤްވާމީ ދަތުރު ފުރައިގެންދެއެވެ. 2019 ދިން ބާލާކޯޓް ހާދިސާއާ ގުޅިގެން އައި ވައިގެ ސަރަހއްދު ބަންދުކުރުމުގެ މަޢުލޫމާތުތަކުން ދައްކާގޮތުގައި، ޕާކިސްތާނަށް އޯވަރފްލައިޓް ޗާޖަސްގެ ގޮތުގައި އެކަނި ވެސް ދުވާލަކަށް 232،000 އެމެރިކާ ޑޮލަރުގެ ގެއްލުންވެފައި ވެއެވެ. އަދި ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިންސް (ޕީ.އައި.އޭ) އަށް ދަތުރުތައް އެހެން މަގުތަކުން ކުރަން ޖެހުމާއި ދަތުރުތައް ކެންސަލްކުރަން ޖެހުމުގެ ސަބުބުން އިތުރު 460،000 އެމެރިކާ ޑޮލަރުގެ ގެއްލުން ލިބިފައި ވެއެވެ.


